Article Top
ކުޅިވަރު •

ޓީޓީ އެސޯސިއޭޝަނުގެ ނަން "މޯލްޑިވްސް ޓޭބަލް ޓެނިސް" އަށް ބަދަލުކޮށްފި

މުހައްމަދު ރައިހާން ނިޔާޒް ޖަލީލް

ލިޔުންތެރިޔާ

ޓީޓީ އެސޯސިއޭޝަނުގެ ނަން "މޯލްޑިވްސް ޓޭބަލް ޓެނިސް" އަށް ބަދަލުކޮށްފި

މޯލްޑިވްސް ޓޭބަލް ޓެނިސްގެ ހިންގާ ކޮމިޓީ މެމްބަރުން - ފޮޓޯ/ ޕީއެސްއެމް: އަތޫފް

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ރީބްރޭންޑްކޮށް، އެ އެސޯސިއޭޝަނުގެ ނަން "މޯލްޑިވްސް ޓޭބަލް ޓެނިސް" އަށް ބަދަލުކޮށް އާ ލޯގޯއެއް ފާސްކޮށްފި އެވެ.

ރޭ ބޭއްވި އެ އެސޯސިއޭޝަނުގެ އާންމު ޖަލްސާގައި މި ނިންމުންތައް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ، ކުރިން ބޭނުންކުރަމުން އައި ލޯގޯއަކީ ވަރަށް ގިނަ އަހަރުތަކެއް ވެފައިވާ ލޯގޯއެއް ކަމަށާއި، ރީބްރޭންޑް ކުރުމަކީ ކުރީއްސުރެ ވިސްނާފައި އޮތް ކަމެއް ކަމަށެވެ.

އާ ލޯގޯ ފަރުމާކޮށްފައިވަނީ ޒަމާނާ ގުޅޭ ގޮތަށް، ރާއްޖޭގެ ރީތިކަމާއި ގުދުރަތީވަންތަކަން ދޭހަވާ ކުލަތައް ހިމަނައިގެން ކަމަށް ޝިއުރީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ބަދަލާއެކު ކުރިއަށް އޮތް ތަނުގައި އެސޯސިއޭޝަނުން ބޭނުންކުރާ ހޯލުތަކާއި، ކުޅުންތެރިން ބޭނުންކުރާ ހޯމް އަދި އަވޭ ޖާޒީތައް ޑިޒައިން ކުރާނީ އާ ލޯގޯގެ ކުލަތަކާ އެއްގޮތަށެވެ.

މީގެ އިތުރުން، އެސޯސިއޭޝަނުން ކުރިއަށްގެންދާ ހަރަކާތްތަކަށް ވެސް ކުރިއަށް އޮތް ތަނުގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ޝިއުރީ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް