Article Top
ޚަބަރު •

ތިމަރަފުށީގެ އައު ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް، ބޭނުން ކުރަން ފަށައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ތިމަރަފުށީގެ އައު ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް، ބޭނުން ކުރަން ފަށައިފި

ސްޓެލްކޯ އިން ތިމަރަފުށީގައި ކޮމިޝަންކޮށް ބޭނުން ކުރަން ފެށި އައު ޖަނަރޭޓަރު ސެޓު.

ތ.ތިމަރަފުއްޓަށް ގެންދިޔަަ އައު ޖަނަރޭޓަރު ސެޓު ކޮމިޝަން ކުރުމަށް ފަހު ބޭނުން ކުރަން ފަށައިފި އެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނީ ތިމަރަފުށީގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން 400 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ތިމަރަފުއްޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް މިހާރު ވަނީ ބޭނުން ކުރަން ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މީގެ އިތުރުން އެ އައު ޖެނެރޭޓަރު ސެޓާއެކު ތިމަރަފުށީގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން އިތުރުވެ، އެ ރަށުގައި ދެމުންގެންދާ ޚިދުމަތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައި އެވެ.

ސްޓެލްކޯ އިން އަންނަނީ ރާއްޖޭގެ ރަށްތަކުގައި ދެމުން އަންނަ ކަރަންޓުގެ ޚިދުމަތް ރަނގަޅުކޮށް، އިތުބާރު ހުރި ކަރަންޓުގެ ޚިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން މިހާރު ވެސް ވަނީ ގިނަ ރަށްރަށް އައު ޖަނަރޭޓަރު ސެޓުތައް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް