އޭޝިއަން ގޭމްސް 2026: އަންހެން ޓީޓީ ޓީމުގެ ފަރާތުން އުންމީދީ ކުޅުމެއް
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އަންހެން ޓީމް އިވެންޓްގައި އިއްޔެ ކުޅުނު މެޗުގެތެރެއިން -- ފޮޓޯ/ އެމްއޯސީ: މަހްފޫޒް
އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ރާއްޖޭގެ އަންހެން ޓީމުން އިއްޔެ ކުޅުނު މެޗުތަކުން ބަލިވި ނަމަވެސް އުންމީދީ ކުޅުމެއް ދައްކައިފި އެވެ.
އަނެހްން ޓީމް އިވެންޓްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި، އިއްޔެ ކަޒަކިސްތާން ކުރި ހޯދީ ފަހަތުން އަރައި ދިވެހި ޓީމުގެ މައްޗަށް 3-1 ގޭމުންނެވެ.
މި މެޗުގެ ފުރަތަމަ ގޭމުގައި ފާތިމަތު ދީމާ އަލީ ވަނީ ކަޒަކިސްތާނުގެ ޒަނޭރްކޭ ކޮޝްކުމްބަޔޭވާއާ ދެކޮޅަށް ނުކުމެ ގޭމު ކާމިޔާބު ކޮށްފައެވެ. މިގޭމު ދީމާ މާ ހޯދީ 3-1 ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 12-10، 5-11، 11-5، 13-11 އިންނެވެ.
މެޗުގެ ދެވަނަ ގޭމުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ނުކުތީ ކަޒަކިސްތާނުގެ ޒައުރޭޝް އަކަޝޭވާއާދެކޮޅަށެވެ. ދެވަނަ ގޭމުގެ ސެޓުތައް ކަޒަކިސްތާން ގެންދިޔައީ 3-11، 2-11، 11-5، 13-11 އިންނެވެ.
ތިންވަނަ ގޭމުގައި ރާއްޖޭގެ އައިޝަތު އަލްސާ ނާފިޒް ނުކުތީ ކަޒަކިސްތާނުގެ ސަރްވިނޯޒްމިރްކަދީރޯވާއާ ދެކޮޅަށެވެ. މިގޭމުގެ ސެޓުތައް ކަޒަކިސްތާނުން ގެންދިޔައީ 5-11، 7-11، 5-11 އިންނެވެ. ކަޒަކިސްތާން މެޗު ކާމިޔާބުކުރީ ދެން ކުޅުނު ގޭމުގައި އެ ގައުމުގެ ޒައުރޭޝް އަކަޝޭވާ 11-6، 11-3، 11-9 އިން ދީމާ އަތުން މޮޅު ވުމުންނެވެ.
އަންހެނުންގެ ޓީމް އިވެންޓުގައި، ތިން ޓީމު ހިމެނޭ ގުރޫޕް ސީގައި ރާއްޖެ ވަނީ ފުރަތަމަ ދުވަހު ދެކުނު ކޮރެއާ އަތުން ބަލިވެފަ އެވެ.

އަންހެން ޑަބަލްސް މެޗުގެތެރެއިން -- ފޮޓޯ/ އެމްއޯސީ: މަހްފޫޒް
އަންހެން ޑަބަލްސް އިވެންޓްގައި އިއްޔެ ވަނީ ރަފާ އާއި ދީމާގެ ޕެއާ ކުޅެފަ އެވެ. ފުރަތަމަ ބުރުގެ މި މެޗުން ރަފާ އާއި ދީމާގެ ޕެއާ ބަލިވީ އިންޑޮނޭޝިއާގެ ސިންޑީ ޕުޓްރީއާއި ސިޓްރާ ރަސްމީގެ ޕެއާ އަތުން 3-2 ގޭމުންނެވެ.
މެޗުގެ ފުރަތަމަ ދެސެޓް އިންޑޮނޭޝިއާގެ ޕެއާއިން ކާމިޔާބުކުރީ 12-14 އަދި 08-11 އިންނެވެ. ނަމަވެސް ފަހަތުން އަރައި މެޗުގެ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓް ރަފާއާއި ދީމާގެ ޕެއާއިން ވަނީ މޮޅުކުޅުމެއް ދައްކާ ކާމިޔާބުކޮށްފައިއެވެ. މި ދެސެޓްވެސް ދިވެހި ޓީމުން ހޯދީ 11-09 އިންނެވެ.
ނަތީޖާނެރުމަށް ކުޅުނު ފަހު ސެޓުވެސް ވަރަށް ވާދަވެރި ކުޅުމަކަށްފަހު އިންޑޮނޭޝިއާގެ ޕެއާއިން ކާމިޔާބު ކުރީ 09-11 އިންނެވެ.

ފިރިހެން ޓީމް އިވެންޓްގައި އަޚްޔާރު -- ފޮޓޯ/ އެމްއޯސީ: މަހްފޫޒް
އިއްޔެ ކުޅުނު ޓީޓީ ފިރިހެން ޓީމް އިވެންޓުގައި، ރާއްޖޭގެ ދެވަނަ މެޗުން އުޒްބަކިސްތާން ސީދާ ތިން ގޭމުން ކުރި ހޯދައި ވަނީ ގްރޫޕްގެ ދެވަނަ ހޯދައިފަ އެވެ.
މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ އަޚްޔާރް އަހްމަދު ޚާލިދު ނުކުތީ އުޒްބަކިސްތާނުގެ ޝޯކްރޫޚްއިސްކަންދަރޯވްއާ ދެކޮޅަށެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 7-11، 7-11، 3-11 އިންނެވެ.
ދެވަނަ ގޭމުގައި ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް ނުކުތީ އުޒްބަކިސްތާނުގެ ދިޔޯރުބެކް ދިލްޝޮދޯވްއާ ދެކޮޅަށެވެ. ދެވަނަގޭމުގެ ސެޓުތައް ދިޔައީ 9-11، 3-11، 7-11 އިންނެވެ.
ތިންވަނަ ގޭމުގައި ރާއްޖޭގެ މޫސާ މުންސިފް އަޙްމަދު، ނުކުތީ އުޒްބަކިސްތާނުގެ ޚޫރުޝިދުއަޙްމަދޯވްއާ ދެކޮޅަށެވެ. މިގޭމުގެ ސެޓުތައް ދިޔައީ 10-12، 6-11، 13-11، 6-11 އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް