Article Top
ކުޅިވަރު •

ވަރުގަދަ ފްރާންސާ ދެކޮޅަށް ރާއްޖޭގެ ޒުވާން ޓީމު ރަނގަޅު ވާދައެއް ކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ވަރުގަދަ ފްރާންސާ ދެކޮޅަށް ރާއްޖޭގެ ޒުވާން ޓީމު ރަނގަޅު ވާދައެއް ކޮށްފި

ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލްގެ ގްރޫޕް އޭގައި ފްރާންސް އާ ވާދަކޮށް 6-0 އިން ދިވެހިރާއްޖެ ބަލިވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފްރާންސް އިން ފަސް ގޯލު ޖެހި ނަމަވެސް، ދެވަނަ ހާފުގައި ދިވެހިރާއްޖޭން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ފްރާންސްގެ ގިނަ އެޓޭކްތަކެއް ހުއްޓުވައިފަ އެވެ.

Advertisement
Article Inside

މީގެ އިތުރުން ރާއްޖޭން ވަނީ މި މެޗުގައި ކުރީ މެޗަށް ވުރެ ގިނަ ފުރުސަތު ހޯދައި، ގިނަ ހަމަލާތަކެއް ވެސް ފޮނުވާލައިފަ އެވެ.

ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ޓީމު މިއަދު އިތުރު މެޗެއް ވެސް ކުޅޭނެ އެވެ. މިރޭ 8 ޖަހާއިރު ރާއްޖޭގެ ތިންވަނަ މެޗުގައި ބައްދަލުކުރާނީ ކޮސޯވޯއާ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް