ރޭޕް ކޭސް: ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
ލިޔުންތެރިޔާ
ރޭޕް ކޭސްއާ ގުޅިގެން ހައްޔަރުކުރި 9 މީހުން -- ފޮޓޯ/ ފުލުހުން
ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަ ކުދިންތަކެއް ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކޭސްގައި ހައްޔަރުކޮށްފައިވަނީ 9 މީހުންކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:
މުހައްމަދު މައިސަން ޝިޔާޒު - 21އ
އަހްމަދު އިފްތިޝާމް ޒަރީރު - 24އ
ނަޖުމުﷲ ޙަސަން - 35އ
މުހައްމަދު މިޝަލް އަހުމަދު ޒުހައިރު - 20އ
މުހައްމަދު ސާލިހު އަހުމަދު - 26އ
އަހުމަދު ނޫހު ނިޔާޒު - 20އ
އަލީ ހުޒާމް ސައީދު - 31އ
އާޒިމް މުފީދު - 24އ
އަހުމަދު ސާނިޖު ސާދިގު - 32އ
ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު ސާލިހު، މުހައްމަދު މިޝަލް، ނަޖުމުﷲ ހަސަން ގެ އިތުރުން އަހުމަދު ނޫހު ނިޔާޒު، 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
މީގެއިތުރުން މުހައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް އަދި އާޒިމް މުފީދު 15 ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ހައްޔަރުކުރި ސާނިޖު ސާދިގު 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަހުމަދު އިފްތިޝާމް ޒަރީރުއާއި އަލީ ހުޒާމް ސައީދު ވަނީ 90 ދުވަހަށް ބަންދުކުރުމަށް އިމުރުކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.
ދެކުނުގެ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ އަންގާރަ ދުވަހެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން ދެވެން ހުރި މައުލޫމާތު ދެމުން ގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް