Article Top
ޚަބަރު •

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: މިހާތަނަށް 2 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި، 50 އިންސައްތަ ހާސިލުކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު: މިހާތަނަށް 2 މިލިއަނަށް ވުރެ ގިނަ ގަސް އިންދައި، 50 އިންސައްތަ ހާސިލުކޮށްފި

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގަހެއް އިންދަވަނީ.

ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 2 މިލިއަނަށް ވުރެ ގަސް އިންދާފައިވާ ކަމަށާއި، އެ މަޝްރޫއުގެ 50 އިންސައްތަ ހާސިލުވެފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ހާމަކޮށްފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 2،556،340 (ދެ މިލިއަން ފަސް ލައްކަ ފަންސާސް ހަހާސް، ތިން ސަތޭކަ ސާޅީސް) ގަސް އިންދައިފަ އެވެ.

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށި މި މަޝްރޫއުގެ ދަށުން މުޅި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި 6،343،562 (ހަ މިލިއަން ތިން ލައްކަ ސާޅީސް ތިން ހާސް، ފަސް ސަތޭކަ ފަސްދޮޅަސް ދޭއް) ގަސް އިންދުމަށް ވަނީ ހަމަޖެހިފައި އެވެ. އެގޮތުން މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ގަސް އިންދާފައިވާއިރު، އެއީ މުޅި މަޝްރޫއުގެ 50 އިންސައްތަ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މި މަޝްރޫއު އަކީ މިހާތަނަށް ރާއްޖޭގައި ގަސް އިންދުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަމަށްވާއިރު، މި މަޝްރޫއުގައި ސަރުކާރުގެ އިދާރާ ތަކާއި، ކުންފުނިތަކުގެ އިތުރުން، ޖަމިއްޔާ ޖަމާއަތްތަކުން ވެސް އަންނަނީ ބައިވެރި ވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް