Article Top
ޚަބަރު •

އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ، މިދިޔަ އަހަރަށް ވުރެ އިތުރު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ، މިދިޔަ އަހަރަށް ވުރެ އިތުރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެތެރޭގެ މަންޒަރެއް.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއަހަރުގެ މިހާތަނަށް އެއާޕޯޓް ޑިވެލޮޕްމަންޓްގެ ފީގެ ގޮތުގައި ދައުލަތަށް ވަނީ 1.72 ބިލިއަން ރުފިޔާ ލިބިފައި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު، 1.59 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދެކެވެ.

މީގެ އިތުރުން ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އާއި، އެއާޕޯޓް ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް މިއަހަރު ވަނީ އިތުރުވެފައި އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވަނީ 1.70 ބިލިއަން ރުފިޔާ ލިބިފައި ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 1.56 ބިލިއަން ރުފިޔާ އަށް ވުރެ އިތުރު އަދަދެކެވެ.

އެ ރިޕޯޓުން ހާމަވާ ގޮތުގައި މިއަހަރުގެ މިހާތަނަށް ވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި، ޑިޕާޗާ ޓެކްސްގެ ގޮތުގައި 3.42 ބިލިއަން ރުފިޔާ ދައުލަަތަށް ލިބިފައި އެވެ. މިއީ ވެސް، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި، ޑިޕާޗާ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 3.15 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް