Article Top
ޚަބަރު •

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިން ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ސަމީރު.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އައްޔަން ކުރުމަށް ފެންނަ ކަމަށް 55 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރައްވަނީ، އެ ކޯޓުގެ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ފަނޑިޔާރު އަލްއުސްތާޛް އަލީ ރަޝީދު ރިޓަޔާ ކުރައްވަން ނިންމެވުމުންނެވެ. އަމިއްލަފުޅަށް ރިޓަޔާ ކުރައްވަން ފަނޑިޔާރު އަލީ ރަޝީދު ހުށަހަޅުއްވިއިރު، ޖޭއެސްސީ އިން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އަލީ ރަޝީދު ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުޅުވާލި ފުރުސަތުގައި، އެ މަޤާމަށް ކުރިމަތިލެއްވީ ސަމީރުގެ އިތުރުން، ހައި ކޯޓުގެ ފަނޑިޔާރު ޢަބްދުއް ރައޫފް އިބްރާހީމް އެވެ. ނަމަވެސް، ޖޭއެސްސީ އިން އިސްކަން ދީފައި ވަނީ ސަމީރު އަށެވެ. ސަމީރު އަކީ މީގެ ކުރިން 2011 ވަނަ އަހަރުން ފެށިގެން، 2022 ވަނަ އަހަރަށް ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ބޭފުޅެކެވެ.

ފަނޑިޔާރުކަމުން 2022 ވަނަ އަހަރު އިސްތިއުފާ ދެއްވި ފަހުން، ސަމީރު ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަޤާމު ވެސް އަދާކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް