ހުރާގައި ހިންގި އޮޕަރޭޝަނެއްގައި 43 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ލިޔުންތެރިޔާ
އިމިގްރޭޝަން އިން ހުރާގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން.
ކ،ހުރާގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 43 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަން އިން ބުނެފައި ވަނީ، އެ އިދާރާ އިން ހުރާގައި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ބުދަ ދުވަހުގެ ހެނދުނު 06:00 އިން ހަވީރު 17:00 އަށް ކަމަށެވެ. މިއީ ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރާ ބިދޭސީން ބަލައި ފާސްކުރުމަށް ޓާސްކް ފޯހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
އިމިގްރޭޝަން އިން ބުނެފައި ވަނީ އެ ޚާއްސަ ރެއިޑް އޮޕަރޭޝަންގައި 341 ބިދޭސީ އަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 43 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި އެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތުގެ ތެރެއިން، އިމިގްރޭޝަން އިން އަންނަނީ މާލެ އާއި އަތޮޅު ތެރޭގައި ވެސް އޮޕަރޭޝަންތައް ކުރިއަށް ގެންދަމުންނެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން އަންނަ ކަމެކެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން މިހާތަަނަށް ވަނީ ބޮޑު އަދަދެއްގެ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް