Article Top
ޚަބަރު •

އެޗްޑީސީއާ ހަވާލު ކުރި 71 އައުޓްޑޯ ޖިމްގެ ތެރެއިން، 50 ޖިމްގެ މަސައްކަތް ނިންމާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އެޗްޑީސީއާ ހަވާލު ކުރި 71 އައުޓްޑޯ ޖިމްގެ ތެރެއިން، 50 ޖިމްގެ މަސައްކަތް ނިންމާލައިފި

އެޗްޑީސީ އިން ޤާއިމު ކޮށްފައިވާ އައުޓްޑޯ ޖިމެއް.

ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އައުޓްޑޯ ޖިމް ޤާއިމު ކުރުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލު ކުރި މަޝްރޫއުގެ ތެރެއިން، މިހާތަނަށް ގިނަ އަދަދެއްގެ ޖިމްގެ މަސައްކަތް އެ ކުންފުނިން ނިންމާލައިފި އެވެ.

އެޗްޑީސީ އިން ބުނެފައި ވަނީ، ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ޖުމުލަ 71 އައުޓްޑޯ ޖިމް ޤާއިމު ކުރުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އިން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަމުން އަންނަ ކަަމަށާއި، މިހާތަނަށް 50 ޖިމެއްގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެޗްޑީސީ އިން ބުނެ އެވެ. އަދި ބާކީ ހުރި ޖިމްތައް ނިންމުމުގެ މަސައްކަތް ވެސް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދަމުން އަންނަ ކަމަށް އެ ކުންފުނިން ވަނީ ބުނެފައި އެވެ.

ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި އައުޓްޑޯ ޖިމް ޤާއިމު ކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ. މިއީ ރަށް ރަށުގެ ރައްޔިތުންނަށް ފަސޭހަ އިން ކަސްރަތު ކޮށްލެވޭނެ، އަދި ދުޅަހެޔޮ މުޖުތަމައެއް ބިނާާ ކުރުމުގެ މަޤުސަދުގައި ސަރުކާރުން ކުރިއަށް ގެންދާ މަަޝްރޫއު އެކެވެ. މީގެ އިތުރުން، ސަރުކާރުން އަންނަނީ އެކި އެކި ރަށް ރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް