ލަންކާގެ ޗެމްޕިއަން ބަލިކޮށް ރާއްޖޭގެ 9 އަހަރުގެ އާލިޔާ އެއްވަނަ ހޯދައިފި!
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
އާލިޔާ (މ) ގައި -- ފޮޓޯ/ އެސްއެފްއެސްއެލް
ސްރީ ލަންކާގެ ސާފިން ފެޑެރޭޝަން (އެސްއެފްއެސްއެލް) އިން ބޭއްވި "އެސްއެފްއެސްއެލް ސާފް ޗެމްޕިއަންޝިޕްސް 2026 - އާރުގަމް ބޭ ސީރީޒް" ގެ އޯޕަން ޖޫނިއާ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ރާއްޖޭގެ އުމުރުން އެންމެ 9 އަހަރުގެ އާލިޔާ ލަތީފް ހޯދައި، ބައިނަލްއަގުވާމީ މައިދާނުގައި ބޮޑު ކާމިޔާބީއެއް ހާސިލު ކޮށްފި އެވެ.
އާލިޔާ އެއްވަނަ ހޯދީ ފައިނަލް ހީޓުގައި ލަންކާގެ މިދިޔަ އަހަރުގެ ޖޫނިއާ ޗެމްޕިއަން ސަޔުނީ އަންޖަނާ އާއި ސްވިޒަލެންޑްގެ ކެމީލް އެޓާއާ ވާދަ ކޮށެވެ.
މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރާޅާއެޅުންތެރިންނާ ވާދަކޮށް، އާލިޔާގެ ކެރިއަރުގައި ބައިނަލްއަގުވާމީ މައިދާނުގައި ހޯދި ފުރަތަމަ ކާމިޔާބީ އެވެ.
އާލިޔާ ވަނީ މިދިޔަ އަހަރު އުމުރުން އެންމެ 8 އަހަރުގައި ރާއްޖޭގެ ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދައި ތާރީހުގެ ތެރެއިން ޖާގަ ހޯދައިފަ އެވެ. މިއީ ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ޖޫނިއާ ޗެމްޕިއަންޝިޕްގައި އަންހެން ކެޓެގަރީ ހިމެނި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް