ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް، ފޭދޫ އަދި ބިލެތްފަހީގެ މަރުކަޒަށް އިތުރުކުރި އިމާރާތްތައް ނިމިއްޖެ
ލިޔުންތެރިޔާ
ބިލަތްފަހީ ސއްހީ މަރުކަޒުގައި އިމާރާތްކުރި އައު އިމާރާތް--
ށ. އަތޮޅުގެ ދެ ރަށް ކަމަށްވާ ފޭދޫ އަދި ބިލެތްފަހީގެ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އައު އިމާރާތުގެ މަސައްކަތް ސައްތައިން ސައްތަ ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
މި ދެ ރަށުގެ ސިއްހީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން އިތުރުކުރެވުނު އިމާރާތްތަކުގެ މަސައްކަތް އެއްކޮށް ނިމުމާ ގުޅިގެން، ދެ ރަށުގެ ސިއްހީ މަރުކަޒަށް ވެސް ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ށ. ބިލެތްފަހީ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އައު އިމާރާތް މިހާރު ވަނީ ހިދުމަތް ދިނުމަށް ބޭނުންކުރަން ފަށާފައެވެ. އަދި އެއާއެކު އެ މަރުކަޒުގެ ޖާގައިގެ ދަތިކަމަށް މިހާރު ވަނީ ހައްލު ލިބިފައެވެ.
މީގެ އިތުރުން، ށ. ފޭދޫ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ނިމި، އެ އިމާރާތުން ރައްޔިތުންނަށް ހިދުމަތް ދޭން ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. މި އައު އިމާރާތާއެކު އެ ރަށުން ލިބެމުންދާ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީ ފާހަގަކުރެއެވެ.
ފޭދޫ ސިއްހީ މަރުކަޒުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 21 އޭޕްރީލް 2026 އިން ފެށިގެން އެ މަރުކަޒުގެ ހިދުމަތްތައް ވަނީ 24 ގަޑިއިރަށް ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް