Article Top
ޚަބަރު •

ނައިބު ރައީސް ދ.ރިނބުދު އަށް ވަޑައިގެންފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ނައިބު ރައީސް ދ.ރިނބުދު އަށް ވަޑައިގެންފި

ނައިބު ރައީސް ރިނބުދު އަށް ވަޑައިގެންނެވުމުގެ ތެރެއިން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ރަސްމީ ދަތުރުފުޅެއްގައި ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދު އަށް މިއަދު ވަޑައިގަންނަވައިފި އެވެ.

ނައިބު ރައީސް ރިނބުދު އަށް ވަޑައިގެންނެވުމުން، ރަށު ކައުންސިލާއި، ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވި އެވެ.

މިދަތުރުފުޅުގައި ރިނބުދޫގައި ޢިމާރާތް ކޮށްފައިވާ "ބަނދަރުހިޔާ" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރަސްމީ ގޮތުން ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފައި އެވެ. މި ތަނަކީ، ރަށަށް ލަފާފުރާ ފަރާތްތަކަށް އަވިންނާއި ވާރެއިން ހިޔާވެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެ ރަށު ކައުންސިލުގެ އިސްނެންގެވުމަށް ބަނދަރު ސަރަހައްދުގައި ތަރައްޤީ ކޮށްފައިވާ 60 މީހުންގެ ޖާގައިގެ ފެރީ ޓާމިނަލް އެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް