Article Top
ޚަބަރު •

މިނިސްޓަރު އަމީން، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު ނަޤްވީއާ ބައްދަލު ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މިނިސްޓަރު އަމީން، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު ނަޤްވީއާ ބައްދަލު ކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު އަމީން އާއި، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު ނަޤްވީ ބައްދަލު ކުރެއްވުމުގެ ތެރެއިން.

ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު މުޙްސިން ނަޤްވީއާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ދަތުރު ފަތުރު ކުރުމުގައި ހުރި ފުރުސަތުތައް ފަހިކުރުމާއި، ވައިގެ މަގުން ގުޅާލެވޭނެ އިތުރު ގޮތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައި އެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ އާއި ޕާކިސްތާންއާ ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ވަރުގަދަ ކުރުމަށް ދެ ޤައުމުން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން މި ބައްދަލުވުމުގައި ދެ މިނިސްޓަރުން ވެސް ވަނީ ދެއްވާފައި އެވެ.

ޓޫރިޒަމް މިނިސްޓަރު އަމީން އާއި، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު ނަޤްވީ ބައްދަލު ކުރެއްވިއިރު، ދާދި ފަހުން ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ޕާކިސްތާން އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ދެ ޤައުމުގެ ދެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފަ އެވެ. އެގޮތުން ރާއްޖެ އާއި، ޕާކިސްތާންއާ ދެމެދު ވައިގެ މަގުންނާއި، ކަނޑު މަގުން ސީދާ ދަތުރު ކުރުމުގެ މަޝްވަރާތައް ވެސް ވަނީ ކުރައްވައިފަ އެވެ.

ދެ ދަތުރުފުޅަށް ފަހު، ދެ ޤައުމުން ވެސް ވަނީ އެކަންކަން ތަންފީޒު ކުރުމަށްޓަކައި ދެ ޤައުމުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ހާމަކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް