Article Top
ޚަބަރު •

އަމާޒަކީ ކުރީ ބައިގައި ބަލި ދެނެގަނެވި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތަށް މަގުފަހިކުރުން: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އަމާޒަކީ ކުރީ ބައިގައި ބަލި ދެނެގަނެވި، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތަށް މަގުފަހިކުރުން: ރައީސް މުޢިއްޒު

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ.

ސަރުކާރުގެ އަމާޒަކީ ނަފްސާނީ މައްސަލަތަކުން ރައްކާތެރިވުމާއި، ކުރީބައިގައި ބަލި ދެނެގަނެވި ފަރުވާ ދިނުމަށް އިސްކަން ދިނުމާއެކު، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ފަސޭހަ އިން ލިބޭނެ މަގުފަހިކުރުން ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

Advertisement
Article Inside

ރައީސް މުޢިއްޒުގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ ކުރީ ބައިގައި ބަލި ދެނެގަތުމާއެކު، ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމުގެ އިތުރުން، ސަރުކާރުގެ އަމާޒަކީ އޯގާތެރި އަދި އެކަކު އަނެކަކަށް އެހީވާނެ މުޖުތަމައެއް ބިނާކުރުން ކަމަށެވެ.

މީގެ އިތުރުން އެ ޕޯސްޓުގައި ރައީސް މުޢިއްްޒު ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ވެސް އިސްކަން ދެއްވާނެ ކަމަށެވެ. ހަމައެހެންމެ، ދިވެހި ރައްޔިތުންނަށް ފަސޭހަ އިން ޚިދުމަތެއް ލިބޭނެ ނިޒާމެއް ބިނާ ކުރުމަށް އިސްކަން ދެއްވާނެ ކަމަަށާއި، އއެ މަސައްކަތް ކުރައްވާނީ އެކަމުގެ ތަޖުރިބާކާރު ފަރާތްތަކުގެ މަޝްވަރާ އާއި ބައިވެރިވުމާއެކު ކަމަށް ވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައި އެވެ.

ހަމައެހެންމެ 2025 ވަނަ އަހަރުން، 2029 ވަނަ އަހަރަށް އެކުލަވާލާފައިވާ ނަފްސާނީ ދުޅަހެޔޮކަމުގެ ސްޓްރެޓީކް އެކްޝަން ޕްލޭން އަށް އިޝާރާތް ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެ ޕްލޭންގެ ދަށުން ޤާނޫނީ އިސްލާހުތައް ގެނައުމާއި، ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، ނަފްސާނީ ޞިއްޙަތާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް