ފަސް އުމުރުފުރާގެ ގައުމީ ޖޫނިއާ ޗެސް ޓީމުތައް އެކުލަވާލައިފި
ލިޔުންތެރިޔާ
ޒުވާޏް ގައުމީ ޗެސް ޓީމުގެ ކުޅުންތެރިން --- ފޮޓޯ/ ޕީއެސްއެމް
މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން ފަސް އުމުރުފުރާއަކުން ގައުމީ ޖޫނިއާ ޗެސް ޓީމުތައް އެކުލަވާލައި، ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ގައުމީ ޖޫނިއާ ސްކޮޑު އިއުލާންކޮށްފައިވަނީ ދާދި ފަހުން ނިމުނު ގައުމީ ޖޫނިއާ ޗެސް ޗެމްޕިއަންޝިޕްގެ ވަނަތަކަށް ދިޔަ އެތުލީޓުންނަށް އެވޯޑް ދިނުމަށް ބޭއްވި ހަފުލާގެ ތެރެއިންނެވެ. އެގޮތުން އެސޯސިއޭޝަނުން ޓީމުތައް އެކުލަވާލާފައިވަނީ 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާތަކުންނެވެ. މިއިން ކޮންމެ އުމުރުފުރާއެއްގައި ވެސް 10 ކުޅުންތެރިން ހިމެނެ އެވެ.
8 އަހަރުން ދަށުގެ ގައުމީ ޓީމު:
ލާމިހް ބިން ޝާމިން އަލީ، ހުސައިން އިޒާން މުހައްމަދު، ލޫތު އިމްރާން ނަސީރު، މުހައްމަދު އައިޒީން ހުސައިން، މަފަލް އަލީ މަފާޒް، މިޝަލް މަރްޔަމް ޝިޔާޒް، ހާޖަރު ފާރިޝް އަހުމަދު، ޒީވާ އަލީ ހިޝާމް، އާމިނަތު ރިފްޔާ ނާއިޒް، ލިއާރާ އާރާ އަހުމަދު.
10 އަހަރުން ދަށުގެ ގައުމީ ޓީމު:
އުމަރު އަބްދުﷲ މޫސާ، އަލްޔާން މުހައްމަދު ވަހީދު، ޒިވަން ޝަމްޝޫން ފުއާދު، އިސްމާއީލް އާގި ހަސަން، ހިޒާން އަހުމަދު ހިލްމީ، އަލަޔާ އާޒިމާ ލަތީފް، އާމިނަތު އަނާތު ނިޒާމް، އަލާރާ މުހައްމަދު އައިޝް، ޒާރާ އަހުމަދު ދީދީ، އަލާޔާ އާދަމް އިބްރާހީމް.
12 އަހަރުން ދަށުގެ ގައުމީ ޓީމު:
އާލް ބިން އިރުފާން، މުހައްމަދު އަލްސަން ހުސައިން، އިބްރާހީމް އާއިޝް ހަލީލް، މާކިން އަދުހަރް މުހައްމަދު، އަޒިޔަން މުއްތަގިމް، ޝިނާ ހުސައިން ޝިޔާމް، އާއިޝަތު ނޯޔާ ޝަރުހުއްދީން ޝަރީފް، އީލާފް އަބްދުﷲ ޝަޒްމީން، އަލީނާ ސާރާ އަހުމަދު، ކައުސަރު މުހައްމަދު ޝާމް.
14 އަހަރުން ދަށުގެ ގައުމީ ޓީމު:
ރަޔާން ލޫތު އިބްރާހީމް، މުހައްމަދު ޔޫއާން ޔަހްސަން، ޔޫސުފް ޖަހުދާން ޖަބީލް، އަޒްޔަން ފައިސަލް ހުސައިން، ލޫތު އަލްވިން ޝާފީ، މަރްޔަމް އީނާލް މުއާވިޔަތު، އިސްވަ އިބްރާހީމް މަހުފޫޒް، ޖުހެއިރާ ނޫރާ އަހުމަދު، ފާތިމަތު ލުބާނާ މުހައްމަދު، އާއިޝަތު ޒާރާ ޝިވާން.
16 އަހަރުން ދަށުގެ ގައުމީ ޓީމު:
ރޫހުލްރައުހް ބިން އަލީ، ރަޔާން އަލީ މުހައްމަދު، އިބްރާހީމް ޔޫމިން ސިމާން، މުހައްމަދު އައިދީން މުންތަޒިމް، މުހައްމަދު ޝާއިޒް ސާމިހް، އާއިޝަތު އިހްނާލް ޖުނައިދު، ފާތިމަތު ޒޯޔާ ހަސަން ސައީދު، އާމިނަތު ސާރާ ހަލީމް، ލީނާ އަބްދުﷲ ހަސަން، އާއިޝަތު އީވާ ހަސަން.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް