ލައިފްސްޓައިލް

މަގޭ ބިޓުގެ ވެޑިންގެ ޕޯސްޓަރު އާންމުކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މަގޭ ބިޓުގެ ވެޑިންގެ ޕޯސްޓަރު އާންމުކޮށްފި

މަގޭ ބިޓުގެ ވެޑިންގެ ޕޯސްޓަރު--

މަޝްހޫރު ޕްރޮޑަކްޝަން ހައުސް ޑާކްރެއިން އެންޓަޓެއިންމެންޓުގެ “މަގޭ ބިޓުގެ ވެޑިން”ގެ ޕޯސްޓަރު އާންމުކޮށްފިއެވެ.

އެ ފިލްމަކީ ޑާކްރެއިން އެންޓަޓެެއިންމެންޓާ ޓްރޮޕިކަލް ރެއިން އެންޓަޓައިންމަންޓާ ގުޅިގެން އުފައްދާ ފިލްމެކެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ މަޝްހޫރު ޕްރޮޑިއުސާ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދުއެވެ.

“މަގޭ ބިޓުގެ ވެޑިން” އިޝްތިހާރު ކުރަމުންދަނީ މިހާތަނަށް ފެންނާނެ އެންމެ “ހަލަބޮލި” ނުވަތަ އެންމެ “ކެއޯޓިކް” ލޯބީގެ މުނިފޫހިފިލުވުމުގެ ގޮތުގައެވެ.

ޑަކްރެއިން އެންޓަޓެއިންމަންޓުން އާންމުކުރި ޕޯސްޓަރުން ފެންނަގޮތުގައި އެ ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ހިމެނޭނީ މިހާރު ވިދަމުންއަންނަ ތަރި ޝަރަފް އަބްދުﷲގެ އިތުރުން ފާތިމަތު ރާޔާ އަބްދުﷲއެވެ.

އެ ޕޯސްޓަރުން ފެންނަ އިތުރު ތަރިންގެ ތެރޭގައި ހިމެނެނީ މަގުބޫލު ކޮމެޑިއަން ޝާފިއު އިބްރާހީމް (ފުބޫ)، ތަޖުރިބާކާރު ބަތަލާ ޝީލާ ނަޖީބް، އަދި އަހުމަދު ސައީދުއެވެ.

ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓްކުރާ މި ފިލްމުގެ ސިނަމަޓޯގްރަފީ ތައްޔާރުކުރަނީ އަހުމަދު ޒިފާފެވެ. ފިލްމުގެ އެޑިޓިން މަސައްކަތް އަލީ ޝިފާއު (ޗިއްޕެ) ކުރާއިރު، ޕްރޮޑިއުސަރުންގެ ގޮތުގައި އައިޝަތު ފުއާދު، މުހައްމަދު އަލީ އަދި ކައިލީން މުހައްމަދު އަލީ ހަރަކާތްތެރިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް