ޚަބަރު

މަސްވެރިންނަށްް އުފާވެރިކަން، މިފްކޯއިން މަސް ގަންނަ އަގު 22 ރުފިޔާއަށް ބޮޑުކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

މަސްވެރިންނަށްް އުފާވެރިކަން، މިފްކޯއިން މަސް ގަންނަ އަގު 22 ރުފިޔާއަށް ބޮޑުކޮށްފި

މަސް ކިރަނީ ---

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު މިއަދު 22 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

އެ ކުންފުނިން ބުނީ މި ބަދަލަކީ މިހާރު މަސްވެރިކަމުގެ ސިނާއަތުގައި ޑިމާންޑާއި ސަޕްލައި އޮތް މިންވަރާ ގުޅުވައި ގެނައި ބަދަލެއް ކަމަށާއި، މިއީ އާންމު މަސްވެރިންނަށް އިންސާފުވެރި ބަދަލަކާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ވަމުންދާ ވައުދުތަކާ ގުޅޭ ބަދަލެއް ކަމަށެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނެފައިވަނީ 22 ރުފިޔާއަށް މަސް ގަތުމަށް ހަމެޖެހިފައިވަނީ، އެ ކުންފުނިން މަސް ގެންނަ ބަނދަރުތަކުން ކަމަށެވެ. އެގޮތުން ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ އިތުުރުން ގދ. ތިނަދޫ، ހއ. އިހަވަންދޫ، ކ. ކަނޑުއޮތްގިރި އަދި މ. މުލަކު ބަނދަރު ހިމެނެއެވެ.

އެ ކުންފުނިން ބުނީ ބަނދަރުތަކުން ކަންނެލި ވެސް ގަންނާނެ ކަމަށެވެ. އެގޮތުން ބޮޑު ކަންނެލި 25 ރުފިޔާއަށް ގަންނަިރު 10 ކިލޯއާ 15 ކިލޯއާ ދެމެދުގެ ކުދި ކަންނެލި 20 ރުފިޔާއަށް ގަންނަކަމަށް ވެސް މިފްކޯއިން ބުންޏެވެ.

މިދިޔަ ޖޫން މަހުން ފެށިގެން މިފްކޯއިން މަސް ގަންނަމުން ދިޔައީ 20 ރިފިޔާއަށެވެ. އަދި މިދިޔަ މަހު މަސް ގަންނަ އަގު ވަނީ 21 ރުފިޔާއަށް ބޮޑުކޮށްފައެވެ.

އެ ކުންފުނިން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒާ އެއްގޮތަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ރުފިޔާަ ދެމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް