އީގަލް ހިލްސްގެ ޗެއާމަންގެ ޔަޤީންކަން: ދިވެހިންނަށް ފައިދާވާ މަސައްކަތެއް ކޮށްދޭނަން
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
މިނިސްޓަރު މުއްތަލިބާއި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު--
ދިވެހިންނަށާއި ދިވެހި ރާއްޖެއަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް ރާއްޖޭގަައި ހިންގޭ އެންމެ ބޮޑު އިންވެސްޓްމެންޓުގެ ގޮތުގައި ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރަން ހަވާލުކުރި އީގަލް ހިލްސްގެ ފައުންޑާ އަދި ޗެއާމަން މުހައްމަަދު އަލައްބާރު ވިދާޅުވެއްޖެއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަދައްކަވަމުން އަލައްބާރު ވިދާޅުވީ ދުނިޔޭގައި އޮންނާނީ އެންމެ ރާއްޖެއެއްކަމަށާއި، ކޮންމެ މީހަކު ވެސް ދެކެނީ ރާއްޖެ ދިއުމުގެ ހުވަފެން ކަމަށްވާއިރު އޭނާއަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އެކަމާ ފަހުރުވެރިވާކަމަށެވެ.
ރާއްޖެއިން އޭނާއަށް އަދި އެ ކުންފުންޏަށް އިތުބާރުކޮށް އެފަދަ ބޮޑު މަސައްކަތެއް ކުރުމުގެ ފުރުސަތު ދިނުމުން ވަރަށް އުފާކުރާކަމަށް ވެސް އަލައްބާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއިން އޭނާއަށް ކުރި އިތުބާރާއެކު ރާއްޖެއަށް ފުރިހަމަަ މަސައްކަތެއް ކޮށްދޭނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
އިއްޔެ ދުބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަސްމާލޭގައި އިންވެސްޓުކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. އީގަލް ހިލްސް ފަރާތުން ސޮއިކުރީ އަލައްބާރުއެވެ.
ދުބާއީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަބޫދާބީގެ މަޝްހޫރު ޑިވޮލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ކުރެވުނު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އީގަލް ހިލްސްގެ ޗެއާމަން އަދި ފައުންޑަރ މުހައްމަަދު އަލައްބާރު އަދި ދިވެހިރާއްޖޭގެ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު އެވެ.
މި މަޝްރޫއަށް ޖުމްލަ 20 ބިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ފާހަގަކޮށް އީގަލް ހިލްސްއިން ބުނެފައިވަނީ މި މަޝްރޫއުގެ ތެރެއިން ރަސްމާލޭގައި ރިސޯޓުތަކާއި، ދުނިޔޭގެ ނަން މަޝްހޫރު ހޮޓަލްތަކާއި، ރެސްޓޯރަންޓްތަކުގެ އިތުރަށް ދުނިޔޭގެ ފެންވަރުގެ މެރީނާ އަދި ވޯޓާފްރޮންޓުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށެވެ. އަދި ޖުމްލަ ޚަރަދުވެގެންދާ ފައިސާ އަކީ އެއްފަހަރާ ޚަރަދުވެގެންދާ އަދަދު ނޫން ކަމަށާއި 20 ބިލައަން ޑޮލަރަކީ މި މަޝްރޫއުގެ އެކި ފިޔަވަހިތަކަށް ބަހައިލެވިގެން ޚަރަދުކުރެވޭ އަދަދެއްކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މި ބިޔަ މަޝްރޫއުގެ ސަބަބުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމެންޓު ލިބޭނެ ކަަމަށާއި މީގެ ތެރެއިން 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމެންޓް ހިމެނިގެންދާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. އަދި ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54000 އަށްވުރެެ ގިނަ ވަޒީފާތައްް އުފެދިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް