Article Top
ލައިފްސްޓައިލް •

“ކީއްވެ” ގެ ޓްރެއިލާ: މޫސަ ހަތަރު ވަނަ މީހަކާ އިންނަން އެހީ ކީއްވެ؟

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

“ކީއްވެ” ގެ ޓްރެއިލާ: މޫސަ ހަތަރު ވަނަ މީހަކާ އިންނަން އެހީ ކީއްވެ؟

ކީއްވެ ފިލްމުގެ މަންޒަރެއްގައި މޫސަ.

ދިވެހި ފިލްމީ ދާއިރާ އަށް ލޯބިކުރާ ފަރާތްތަކުން އެންމެ ކެތްމަދުވެފައި ތިބި، އަދި ކާމިޔާބު ޕްރޮޑަކްޝަން ހައުސްތަކެއް ކަމަށްވާ، ސްލޭމް ސްޓޫޑިއޯ އާއި، ނޫރު އެންޑް މޫވީސް، ސެޓާން ސްޓޫޑިއޯ އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ސިނަމާތަކަށް ގެންނަން ތައްޔާރު ކުރާ ފިލްމު "ކީއްވެ؟" ގެ ޓްރެއިލާ ރަސްމީކޮށް އާންމުކޮށްފި އެވެ.

މި ޓްރެއިލަރާ އެކު ފިލްމަށް އޮތް އިންތިޒާރާއި ޝައުޤުވެރިކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފައި އެވެ. 25 އަހަރަށް ފަހު ދިވެހި ސިނަމާގެ ލެޖެންޑަރީ އެކްޓަރު މޫސާ މަނިކު (ރީކޯ މޫސަ) މި ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާއިރު، އޭނާގެ ހުނަރުވެރި އަދި އަސަރުގަދަ އެކްޓިން ޓްރެއިލާ އިން ވަރަށް ފުރިހަމަ އަށް ފެނިގެންދެ އެވެ.

Advertisement
Article Inside
ކީއްވެ ފިލްމުގެ މަންޒަރެއް.
ކީއްވެ ފިލްމުގެ މަންޒަރެއް.

އެގޮތުން މޫސަ ގެ އަޑުން "އަދި އެއް ފުރުސަތު ދީ.." އާއި "ހަތަރު ވަނަ މީހަކާ ވެސް އިންނަންވީތަ..؟" ބުނާ އަޑު އިވެ އެވެ. އަދި މި ޑައިލޮގު ތަކުން އެކަނި ވެސް ފިލްމާ މެދު އޮތް ޝައުގުވެރިކަން އިތުރުވެގެންދެ އެވެ. އާއިލީ ގުޅުންތަކާއި، ލޯބީގެ އުނދަގޫ އިހުސާސްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގެ ވާހަކަ، ޓްރެއިލާގެ ޒަރިއްޔާ އިން ބެލުންތެރިންނަށް ކޮންމެ ވެސް ވަރަކަށް ސިފަކޮށްދީފައިވެ އެވެ.

މި ފިލްމުގައި މޫސަގެ އިތުރުން މަޝްހޫރު ތަރި، ޝީލާ ނަޖީބް، މަރިޔަމް ނިޝާ، ޝަމީލް އަދި ދަރާ ރަޝީދު ފެނިގެން ދާއިރު، މި ފިލްމުގައި ގެނެސްދެވިފައިވާ މި ވާހަކަ އަކީ އެހެން ދިވެހި ފިލްމުތަކާ ޚިލާފަށް ދިރިއުޅުމުގެ މެދު އުމުރުގައި ދިމާވާ މައްސަލަތަކަށް އަލިއަޅުވާލެވިގެން ހަދާފައިވާ ފިލްމެއް ކަމަށް ބެލެވެ އެވެ.

ކީއްވެ ފިލްމުގެ މަންޒަރެއް.
ކީއްވެ ފިލްމުގެ މަންޒަރެއް.

މި ފިލްމް ޚައްސާވާ އެތައް ކަމެއް ހުރި އިރު ފާހަގަ ކޮށްލަން ޖެހޭ އަނެއްކަމަކީ، 20 އަހަރުގެ މެދު ކެނޑުމަކަށް ފަހު ކުޅަދާނަ ޑައިރެކްޓަރު އީސާ ޝަރީފްގެ އެނބުރި އައުމެވެ. އެގޮތުން އީސަ ގެނެސްދޭ މި އުފެއްދުމުގެ މަންޒަރުތަކާއި ސިނަމެޓިކް ފެންވަރު ވަރަށް މަތިކަން ޓްރެއިލާ އިން ހާމަވެ އެވެ.

މި ފިލްމްގެ ޕްރިމިއަރ ނައިޓުގެ ޓިކެޓް (https://saturnstudio.mv/booking) ވެބްސައިޓް މެދުވެރިކޮށް ވިކެމުންދާއިރު، 7458800 ގެ ވައިބާ ނަންބަރުން އެހެނިހެން ޝޯތަކުގެ ޓިކެޓް ބުކް ކުރުމަށް ވަނީ ހުޅުވާލެވިފައި އެވެ. އަދި ފިލްމުގެ ޓްރެއިލާ އާންމުކުރުމާއެކު، ޓިކެޓަށް އޮތް ޑިމާންޑު ވަނީ ކުއްލިއަކަށް މައްޗަށް ގޮސްފައިކަން ފިލްމްގެ ޕްރޮޑަކްޝަން ހައުސް އިން މައުލޫމާތުދެ އެވެ.

ކުލަގަދަ އިވެންޓަކާއެކު މި ފިލްމު ރަސްމީކޮށް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް