ޚަބަރު

އިހުތިރާމު އަދާކުރުމުގެ މަޝްރޫއުގެ ދަށުން ގައުމީ ފެންވަރުގައި ދުވަހެއް ފާހަގަކުރަނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

އިހުތިރާމު އަދާކުރުމުގެ މަޝްރޫއުގެ ދަށުން ގައުމީ ފެންވަރުގައި ދުވަހެއް ފާހަގަކުރަނީ

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިންގެ ތެރެއިން ނެތެމުންދާ ރިވެތި އަހުލާގީ ސިފަތައް އަނބުރާ އިއާދަކުރެއްވުމަށްޓަކައި ގައުމީ ފެންވަރުގައި ކުރިއަށްގެންދަވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ "އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަށް" ހާއްސަ ޝިއާރެއް ކަނޑައެޅުއްވުމާއެކު، ގައުމީ ފެންވަރުގައި ހާއްސަ ދުވަހެއް ފާހަގަކުރައްވަން ނިންމަވައިފިއެވެ. 

މި ހަފުތާގެ އާދީއްތަދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފަންނާއި، ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިންވަނީ މި މަޝްރޫއާ ގުޅޭ ހާއްސަަ ކަރުދާހެއް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އެ ކަރުދާހާމެދު މަޝްވަރާކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ ލަފައާ އެއްގޮތަށް ރައީސް ޑރ.މުޢިއްޒުވަނީ މުހިއްމު ނިންމެވުންތަކެއް ނިންމަވާފައެވެ. 

އެގޮތުން ޒަމާނުއްސުރެ ދިވެހީންގެ މެދުގައި އޮތް ރީތި އަހުލާގު އަލުން އިއާދަކުރެއްވުމަށް ހިންގަވާ އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއަކީ ފަސް އަހަރުގެ މުއްދަތަކަށް މުޅި ރާއްޖޭގައި ހިންގާ މަޝްރޫއެއްކަމަށް ނިންމަވައި، އެ މަޝްރޫއުގެ ޝިއާރަކީ "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" ކަމަށް ކަނޑައަޅުއްވާފައިވެއެވެ. 

އަދި މި މަޝްރޫއު ވިލަރެސްކުރުމަށް މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރަކު ހިމެނިވަޑައިގަންނަވާ ހާއްސަ ކޮމިޓީއެއް އުފެއްދެވުމަށް ނިންމެވިއެވެ. އެގޮތުން އެ ކޮމިޓީގައި އަންނަނިވި ވުޒާރާތަކުގެ މަންދޫބުންގެ އިތުރަށް ދައުލަތުގެ މީޑިޔާ ޕަބްލިކް ސާވިސް މީޑިޔާގެ މަންދޫބަކު ހިމެނުއްވުމަށް ނިންމަވާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް