ކުޅިވަރު

ފުލަމް ބަލިކޮށް ޗެލްސީން ލީގު ފެށީ މޮޅަކުން

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ފުލަމް ބަލިކޮށް ޗެލްސީން ލީގު ފެށީ މޮޅަކުން

މޯގަން ރޮޖާސް ގޯލުޖެހުމަށްފަހު އުފާ ފާޅުކުރަނީ ---

އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް ބަލިކޮށް ޗެލްސީން މޮޅަކުން ލީގު ފަށައިފިއެވެ.

ރޭ ފުލަމްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ޗެލްސީން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗަކީ މި ސީޒަނުގައި ޗެލްސީއާ ހަވާލުވި ކޯޗު، ޒަބީ އަލޮންސޯ އާއި ފުލަމްގެ ކޯޗަކަށް ގެނައި އަލްވާރޯ އާބެލޯގެ ފުރަތަމަ މެޗެވެ. އަލޮންސޯ އާއި އާބެލޯއާ އަކީ މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑްގެ ކޯޗުންނެވެ. ރެއާލުން ސީޒަން ފެށީ އަލޮންސޯއާ އެކު އެވެ. އެހެން ނަމަވެސް އޭނާ ވަކިކޮށް، ޓީމު ހަވާލުކުރީ އާބެލޯއާއާއެވެ. 

އެ ދެ ކޯޗުންގެ ވާދަވެރިކަން ފެނުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަނީ މޮޅުކުޅުމެއްދައްކައި ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ޗެލްސީން ފުރަތަމަ ގޯލުޖަހައި ލީޑުނެގީ މެޗު ފަށައިގެން 31 ވަނަ ސިކުންތުގައެވެ. އެއީ ޗެލްސީގެ ކޯލް ޕާމާ. ދިން ބޯޅައަކުން ޖޮއާއޯ ޕެޑްރޯ ޖެހި ގޯލެކެވެ.

ނަމަވެސް ފުލަމްއިން ވަނީ މެޗުގެ ތެރެއަށްވަދެ ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން އެ ޓީމުން ވަނީ މެޗުގެ 23 ވަނަ މިނެޓުގައި ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ ޓިމޮތީ ކަސްޓާންޏާ ތަނަވަސްކުރި ފުރުސަތަކުން ޖޯޝް ކިންގް ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ ގޯލެއްޖަހައި އަލުން ލީޑު ނަގައިފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި މޯގަން ރޮޖާސް އެ ގޯލު ޖެހީ މެކްސެންސް ލަކްރޮއާ ތަނަވަސްކުރި ފުރުސަތަކުންނެވެ.

ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޗެލްސީން ވަނީ އިތުރު ގޯލެއްޖަހައި ލީޑު އިތުރަށް ފުޅާކޮަށްފައެވެ. ޖޮއާއޯ ޕެޑްރޯ ދިން ބޯޅައަކުން އޭރިއާތެރެއިން ޕާމާ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިގެން ޗެލްސީގެ ލީޑުފުޅާކޮށްދީފައެވެ.

ޗެލްސީން ދެ ގޯލުގެ ލީޑެއް ނެގިތާ މާ ލަސްތަކެއް ނުވެ، ފުލަމް އިން ލަނޑު ޖަހައި ފަރަގު ކުޑަކުރި އެވެ. އެ ގޮތުން، 54 ވަނަ މިނިޓްގައި ފުލަމްގެ ފުލްބެކް، ޓިމޮތީ ކަސްޓާންޏާ ޖެހި ޝޮޓެއް ކީޕަރު ސަންޗޭޒް އަތުގައި ޖެހިފައި ރީބައުންސް ނުކުތް ވަގުތު ގާސިއާ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފައެވެ.

 

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް