ޚަބަރު

އިންޖިނިއަރިން ދުވަހުގެ ޖަލްސާގައި ރައީސް އަށް އެވޯޑު އަރުވާ ކަމަށް ބުނާ ވާހަކަ މިނިސްޓަރު މުއްތަލިބު ދޮގު ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިންޖިނިއަރިން ދުވަހުގެ ޖަލްސާގައި ރައީސް އަށް އެވޯޑު އަރުވާ ކަމަށް ބުނާ ވާހަކަ މިނިސްޓަރު މުއްތަލިބު ދޮގު ކުރައްވައިފި

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އާއި ހައުސިން މިނިސްޓަރު ޑޮކްޓަރު މުއްތަލިބު.

އިންޖިނިއަރިންގެ ދުވަހު ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް އެވޯޑު އަރުވަން އުޅޭ ކަމަށް ބުނެ ދައުރު ކުރަމުން އަންނަ ވާހަކަ ތަކަކީ ދޮގު ވާހަކަ ތަކެއް ކަމަށް، ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

"އަދަދު" ނޫހުގައި ބުދަ ދުވަހު ޝާއިއު ކޮށްފައިވާ ޚަބަރެއްގައި ލިޔެފައި ވަނީ، "މިނިސްޓަރު މުއްތަލިބު ލައްވައި މުއިއްޒަށް އިންޖިނިއަރިންގެ އެވޯޑެއް އަރުވަނީ" މިހެންނެވެ.

އެކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވެފައި ވަނީ، އިންޖިނިއަރިން އެވޯޑަކީ އުސޫލު ގެޒެޓުކޮށް، އެޕްލައި ކުރުމަށް ހުޅުވާލައި، ލިބުނު އެޕްލިކޭޝަންތައް މިނިވަން ކޮމިޓީ އަކުން ބަލައި އިންޓަވިއުކޮށް އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާފައިވާ އެވޯޑެއް ކަމަށެވެ.

އެ ޖަލްސާގައި ރައީސް މުޢިއްޒު އަށް އެވޯޑެއް ދޭ ވާހަކަ އަކީ ކަނޑައެޅިގެން ދޮގެއް ކަމަށް މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައި އެވެ. އެއާއެކު މިނިސްޓަރު މުއްތަލިބު ވިދާޅުވެފައި ވަނީ، ރައީސް މުޢިއްޒު އަކީ އިންޖިނިއަރިންގެ ދާއިރާ އިން ދިވެހި ޤައުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަކަށް ވާތީވެ، ރައީސް އަށް އެވޯޑު ލިބުން ޙައްގު ކަމަށް "އަދަދު" ނޫހުން ޤަބޫލުކުރާ ކަމަށް ދެކިލައްވާ ކަމަށެވެ.

އިންޖިނިއަރިންގެ ދުވަހުގެ އެވޯޑު ދިނުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބުރާާސްފަތި ދުވަހުގެ ރޭ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް