Article Top
ކުޅިވަރު •

އެންމެ މޮޅު ގޯލުގެ ނޮމިނޭޝަންސް؛ ބޮކުރީ، ހަމްޕު، ފޭދޫ އިއްބެ އަދި ނާއިމް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އެންމެ މޮޅު ގޯލުގެ ނޮމިނޭޝަންސް؛ ބޮކުރީ، ހަމްޕު، ފޭދޫ އިއްބެ އަދި ނާއިމް

އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިން -- ފޮޓޯ/އެފްއޭއެމް

އެފްއޭއެމް އެވޯޑްސް 2026 ގައި ހޮވާ ސީޒަންގެ އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާއަށް ދޭ އެވޯޑްގެ ނޮމިނޭޝަން ލިސްޓް އާންމު ކޮށްފި އެވެ.

ހަތަރު ގޯލެއް އެވޯޑަށް ނޮމިނޭޓް ކޯށްފައި ވާއިރު، މި ހިތްގައިމު ލަނޑުތައް ޖެހި ކުޅުންތެރިންނަނީ ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ)، މުހައްމަދު ނާއިމް އަދި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

Advertisement
Article Inside

ހަމްޕުގެ ލަނޑަކީ މިދިޔަ ސީޒަންގައި މާޒިޔާގެ ޖޯޒީގައި ބުރު ސްޕޯޓްސް ކޮޅަށް ޖެހި ގޯލެކެވެ. ބުރުގެ މިދިޔަ ސީޒަންގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ނާއިމްގެ މި ގޯލު ޖަހާފައި ވަނީ ވެލެންސިއާ ކޮޅަށެވެ. ދެން ހިމެނެނީ ކްލަބް އީގަލްސްގައި ފޭދޫ އިއްބެ ވެލެންސިއާއާ ދެކޮޅަށް ޖެހި އޯވާހެޑް ގޯލާއި އޮޑި ސްޕޯޓްސް ކޮޅަށް ވިކްޓަރީގެ ބޮކުރީ ކާމިޔާބު ކުރި ގޯލެވެ.

މީގެ ކުރިން އެފްއޭއެމުން ވަނީ ޖޫލޭ އެވޯޑް ނަމުގައި 2017 އަދި 2018 ގައި އެންމެ މޮޅު ގޯލު ހޮވައިފަ އެވެ. އެންމެ ފުރަތަމަ އަހަރު ފޭދޫ އިއްބެ މި އެވޯޑް ހޯދި އިރު ދެވަނަ އަހަރު ކާމިޔާބުކުރީ ހަމްޕު އެވެ.

މި އަހަރުގެ އެވޯޑްސްގެ ނޮމިނޭޝަންތައް ކަނޑައަޅާފައިވަނީ ކުރީގެ ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) އިސްކޮށް ހުންނަވައި އެކުލަވާލި ހާއްސަ ކޮމިޓީއަކުންނެވެ. އެވޯޑްސް ނައިޓް އޮންނާނީ މިރެއެވެ.

މި އެވޯޑް ނައިޓްގައި ދިނުމަށް ހަމަޖެހިފައިވާ މުހިންމު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (ފިރިހެން އަދި އަންހެން)، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ރެފްރީ، އެންމެ މޮޅު ކްލަބް، އެންމެ މޮޅު ރީޖަނަލް ކްލަބް އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް