Article Top
ޚަބަރު •

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ގައުމީ ހަރަކާތެއް ފަށަނީ

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށް ގައުމީ ހަރަކާތެއް ފަށަނީ

"ރައްޔިތުންގެ އަޑު" ސިލްސިލާގެ ޕްރަގްރާމްގެ ތެރެއިން ---

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ ދަތިތަށް ހައްލުކޮށް މުޖުތަމައުގައި އެ ފަރާތްތަކުގެ ޝާމިލުވުން އިތުރުކުރުމަށް ގައުމީ ބޮޑު ހަރަކާތެއް ފަށަން ނިންމަވައިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންގެ އަޑު" ސިލްސިލާގެ ޕްރަގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނުކުޅެންތެރިިކަން ހުންނަ ފަރާތްތަކާއި އަދިވެސް ހަވާސާވެފައި ތިބޭ ފަރާތްތަކަށް އެކިއެކި ފުރުސަތުތައް ފަހިކޮށް ދިނުމަށް ގައުމީ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ ފަރާތްތަކަށް މިހާރު އަންގައިފައިވާނެކަމަށެވެ.

Advertisement
Article Inside

މީގެ އިތުރުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަށް ވަރަށް އިސްކަން ދެއްވާ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެ މައްސަލައަށް ހައްލު ލިބޭނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް  ހުރިހާ ކުންފުނިތަކުގެ ވެރީންނާއި މިނިސްޓަރުންނަށް ވެސް ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ވަރަށް މުހިންމު ވާހަކައެއްތިއީ. ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ ތި މައްސަލަ އަށް ހައްލު ލިބޭނެ." ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް