Article Top
ޚަބަރު •

އިޤްތިޞާދީ ދުވެލި އަންނަ އަހަރު %6.8 ކުރިއަރާނެ ކަމަށް ލަފާ ކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އިޤްތިޞާދީ ދުވެލި އަންނަ އަހަރު %6.8 ކުރިއަރާނެ ކަމަށް ލަފާ ކޮށްފި

ބަޖެޓު ފޮތް 2027.

ރާއްޖޭގެ އިޤްތިޞާދީ ދުވެލި އަންނަ އަހަރު 6.8 އިންސައްތަ ކުރި އަރާނެ ކަމަށް، ފިނޭންސް މިނިސްޓްރީ އިން އަންދާޒާ ކޮށްފި އެވެ.

2027 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވީ، 2025 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 6.3 އިންސައްތައިގައި ހުރިއިރު، މި ހިނގާ 2026 ވަނަ އަހަރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 5.3 އިންސައްތައިގައި އެވެ.

Advertisement
Article Inside

އެހެން ނަަމަވެސް، މިއަހަރުގެ ފެބްރުވަރީ މަހު ފެށުނު މެދު އިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާއިރު، ރާއްޖެ އަށް ވެސް ވަނީ އެކަމުގެ އަސަރު ކޮށްފައި އެވެ. އެހެންކަމުން މިއަހަރު އިޤްތިޞާދީ ދުވެލި ހުންނާނެ ކަމަށް ލަފާކޮށްފައި ވަނީ 0.6 އިންސައްތަ އާއި 1.8 އިންސައްތައާ ދެމެދުގައި އެވެ.

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ޒަރީރު ވިދާޅުވީ، ހަނގުރާމައިގެ ކުރިން އޮތް ޙާލަަތަށް ދުނިޔޭގެ އިޤްތިޞާދު ރުޖޫއަވެ، ކުރިއަށް އޮތް 2027 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 3.9 އިންސައްތަ އާއި، 6.8 އިންސައްތައާ ދެމެދުގެ ހަލުވި މިނެއްގައި ކުރިއަރައިގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އަންނަ އަހަަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ހުންނާނީ 1.0 އިންސައްތައިގައި ކަމަށް ވެސް ވަނީ ލަފާކޮށްފައި އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީ އިން ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް