Article Top
ކުޅިވަރު •

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް ފެށިގެން ފޯރީގައި ކުރިއަށް

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް ފެށިގެން ފޯރީގައި ކުރިއަށް

މުބާރާތުގެ މެޗެއްގހެ ކުރިން -- ފޮޓޯ/އޭއޭއައިސްޕޯޓްސް

އޭއޭއައި (އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް) ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ބާއްވާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 – 1 ވަނަ އެޑިޝަން" ފެށިގެން ފޯރީގައި ކުރިއަށް އެބަދެ އެވެ.

މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި އޮންނަ ބީޗް ވޮލީ ބޯޅަ ކޯޓުގައި މި މުބާރާތް އިއްޔެ ފެށީގެން ކުރިއަށް ދާއިރު، ރޭ ވެސް ވަނީ މެޗުތައް ކުރިއަށް ގެންގޮސްފަ އެވެ. މިއަދު ވެސް މެޗުތައް ކުރިއަށް ގެންދާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރެއެވެ.

Advertisement
Article Inside

ޖުމްލަ 12 ޓީމާ އެކު ކުރިއަށްދާ މި މުބާރާތަކީ، ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ބީޗް ވޮލީބޯޅަ މުބާރާތެއް ނުބާއްވާ އޮތުމުން ކުރިމަތިވި ކަންބޮޑޫވުން ލުއި ކޮށްދިން ކަމެއް ކަމަށް މުބާރާތުގެ ބައިވެރިން ފާހަގަ ކޮށްފައިވެ އެވެ.

"ބީޗް މުބާރާތްތައް ކުރިން ވެސް ވަރަށް ނޯވޭ. މިކަހަލަ މުބާޜާޓްތަކަކީ އަރަމުން އަންނަ ކުރިންނަށް ކުރިއަށް ދާން ލިބޭ ރަނުގެ ފުރުސަތެއް،" މުބާރާޓުގެ ބައިވެރިއެއް ބުންޏެވެ.

މުބާރާތުގެ ޝެޑިއުލް
މުބާރާތުގެ ޝެޑިއުލް

މުބާރާތުގެ މެޗުތައް ވަގުތުން ލައިވް ކޮށް ދެއްކުމުގެ އިންތިޒާމާ އެކު ކުރިއަށްދާ މި މުބާރާތުގައި، ކޮންމެ އަހަރަކު ވެސް ފިރިހެން އަދި އަންހެން ޑިވިޝަން ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. މި އަހަރުގެ އަންހެން ޑިވިޝަން ވެސް އަދި ފަހުގެ ތާރީހެއްގައި ކުރިއަށް ގެންދާނެ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ދިވެހި ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ. ދެވަނަ ޓީމަށް 5،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 3،000 ރުފިޔާގެ އިތުރުން ހަތަރުވަނަ ޓީމަށް 1،500 ރުފިޔާގެ އިނާމެއް ދޭން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް