Article Top
ޚަބަރު •

މާލޭ އޭރިއާގައި މަސައްކަތް ކުރާ 130 ފުލުހަކަށް ކުލަ، އަދި 86 ފުލުހަކަށް މެޑަލް ހަވާލުކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މާލޭ އޭރިއާގައި މަސައްކަތް ކުރާ 130 ފުލުހަކަށް ކުލަ، އަދި 86 ފުލުހަކަށް މެޑަލް ހަވާލުކޮށްފި

މާލެ އޭރިޔާގައި މަސައްކަތް ކުރާ ފުލުހުންނަށް ކުލަ އާއި މެޑަލް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

މާލޭ އޭރިޔާގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން 130 ފުލުހަކަށް ކުލަ އަދި 86 ފުލުހަކަށް މެޑަލް ހަވާލުކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުންނަށް ކުލަ އާއި މެޑަލް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިސްކަންދަރު ބިލްޑިންގައި އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު މުޙައްމަދު އެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި، އިސްވެރިން ވެސް ވަނީ ބައިވެރިވެފައި އެވެ.

Advertisement
Article Inside

މީގެ އިތުރުން ފުލުހުން ބުނެފައި ވަނީ އަތޮޅު ތެރޭގައި މަސައްކަތް ކުރާ 40 ފުލުހަކަށް ކުލަ އަދި 49 ފުލުހަކަށް މެޑަލް ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުންނަށް ކުލަ އާއި މެޑަލް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފްް ޕޮލިސް ފަރުހާދު ވިދާޅުވީ، އެ ފުލުހުން ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމި ތިބުނަށް ދަންނަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް