Article Top
ޚަބަރު •

ނަތީޖާ އަކީ ސަރުކާރުން ކުރާ މަސައްކަތް ބަލައި ގަންނަކަމުގެ ހެއްކެއް: ރައީސް މުޢިއްޒު

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ނަތީޖާ އަކީ ސަރުކާރުން ކުރާ މަސައްކަތް ބަލައި ގަންނަކަމުގެ ހެއްކެއް: ރައީސް މުޢިއްޒު

ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު.

މިއަދު ކުރިއަށް ދިޔަ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޮޑަށް މެމްބަރުން އިންތިޚާބު ކުރުމުގެ ވޯޓު ސަރުކާރު ހިންގާ ޕީއެންސީ އިން ކާމިޔާބު ކޮށްފައިވާއިރު، އެ ވޯޓުން ދައްކުވައި ދެނީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަންނަކަން ކަަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެލްޖީއޭގެ ބޯޑަށް މެމްބަރުން އިންތިޚާބު ކުރުމަށް ނެގި ވޯޓުގައި ރަށު ކައުންސިލްގެ ރައީސުންގެ ތެރެއިން އެ މަޤާމަށް އިންތިޚާބުގައި، ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ފ.ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަޙުމަދު އެވެ. އަދި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާއިންގެ ތެރެއިން އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ށ.ފުނަދޫ އތމކ ގެ ރައީސާ މަރްޔަމް ޒީނާ އެވެ.

އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ ދެ އެ ބޭފުޅުންނަށް މަރުޙަބާ ދަންނަވައިފަ އެވެ. އަދި ރައީސް މުޢިއްޒު ވިދާޅުވީ އެއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ޚިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކޮށް، ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމަށް ބާރު ދެއްވާ ކަމުގެ ނަތީޖާއެއް ކަަމަށެވެ.

މީގެ އިތުރުން ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި ދެ ބޭފުޅުންނަށް ތާއީދު ކުރައްވައި ވޯޓު ދެއްވި ހުރިހާ ރަށު ކައުންސިލަރުންނާ،އި އތމ ކޮމިޓީ ތަކުގެ ރައީސުންނަށް ރައީސް މުޢިއްޒު ވަނީ ނުހަނު އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައި އެވެ. އަދި މި އިންތިޚާބު ކާމިޔާބު ކުރުމުގައި ޕާޓީގެ ލީޑާޝިޕާއި، މަޖިލިސް މެންބަރުންނާއި، ހުރިހާ ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިން ކޮމިޓީ ތަކުގެ ރައީސުންނާއި އެންމެހާ ފަރާތްތަކުން ކޮށްދެއްވި މަސައްކަތަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް