ޚަބަރު •

ބްރިޖް މަތިން ފުންމާލި މީހާ ހޮސްޕިޓަލުގައި އޮއްވައި ހައްޔަރު ކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ބްރިޖް މަތިން ފުންމާލި މީހާ ހޮސްޕިޓަލުގައި އޮއްވައި ހައްޔަރު ކޮށްފި

ބްރިޖު މަތިން ފުންމާލި މީހާ ސަލާމަތް ކުރަނީ -- ފޮޓޯ/ އެމްއެންޑީއެފް

ސިނަމާލެ ބްރިޖް މަތިން މޫދަށް ފުންމާލި ބިދޭސީ މީހާ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދެމުން ދަނިކޮށް ހައްޔަރު ކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ބްރިޖުން ކަނޑަށް ފުންމާލާފައި ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އޭނާ ފުންމާލި ކަމުގެ ރިޕޯޓުު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ ބްރިޖުގެ ތަނބެއްގައި ހިފަހައްޓައިގެން އޮއްވަ އެވެ.

އެމްއެންޑީއެފުން އޭނާ ސަލާމަތްކުރުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗަށް ގެންގޮސް ވަނީ ފަރުވާ ދޭން ފަށާފަ އެވެ.

އަމިއްލަ ނަފުސަށް ގެއްލުންދީ މަރުވާން މަސައްކަތްކުރި މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އަދި މިވަގުތު އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތުމުން، އެ ހާލަތު ފިލައިދިއުމާއެކު 24 ގަޑިއިރު ތެރޭ ކޯޓަށް ހާޒިރުކުރުމަށްވެސް ކޯޓު އަމުރުގައި އަންގާފައިވެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް