ކުޅިވަރު

އދ. އަތޮޅުގެ ފޯރިގަދަ ފައިނަލް ކާމިޔާބު ކުރީ ދަނގެތި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އދ. އަތޮޅުގެ ފޯރިގަދަ ފައިނަލް ކާމިޔާބު ކުރީ ދަނގެތި

އދ. އަތޮޅުގެ ޗެމްޕިއަން ޝީލްޑް އުފުލާލަނީ. -- ފޮޓޯ/ އަލީ ހުޝާމް

އެފްއޭއެމް އދ. އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފައިނަލްގައި މަންދުއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ދަނގެތި މޮޅުވެއްޖެ އެވެ.

ރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން 1-1 އިން އެއްވަރު ވެގެން ޕެނަލްޓީ ޝޫޓައުޓްގައި ދަނގެތި ކުރި ހޯދާފައި ވަނީ 4-3 އިންނެވެ.

ދެވަނަ ހާފު ފެށިގެން ވަރަށް ކުރީކޮޅު އިސްމާއިލް ޝިޔާޒް، މަންދުއަށް ލީޑު ހޯދައިދިން އިރު، ދަނގެތި އެއްވަރު ކުރީ މެޗުގެ އެންމެ ފަހު ވަގުތުކޮޅެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އަހުމަދު ސުދެއިސް އަލީ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ ސުދެއިސް އެވެ.

އދ. އަތޮޅުން ވެސް އެޓޯލް ޗެމްޕިއަންޝިޕްގައި ވައިވެރިވީ ދެ ޓީމެވެ. މިއާ އެކު މަންދުއާއި ދަނގެއްޗަށް ވެސް ވަނީ ޒޯން ކޮލިފައިން ބުރުން ފުރުސަތު ލިބިފަ އެވެ.

އެޓޯލް ޗެމްޕިއަންޝިޕްގައި މިރޭ ދ. އަތޮޅުގެ ފައިނަލް މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ދ. އަތޮޅުން ބައިވެރިވީ ކުޑަހުވަދޫ އާއި މާއެނބޫދޫ އެވެ. މީގެ އިތުރުން އެޓޯލް ޗެމްޕިއަންޝިޕްގައި ކ. އަތޮޅާއި ފ. އަތޮޅުގެ ކުޅުން ވެސް ކުރިއަށް އެބަ ދެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް