ކުޅިވަރު

އުމުރުން 13 އަހަރުގެ ލައިބާ، ޤައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން އިން ލޯ މެޑަލް ހޯދައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

އުމުރުން 13 އަހަރުގެ ލައިބާ، ޤައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން އިން ލޯ މެޑަލް ހޯދައިފި

50 ވަނަ ޤައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ސިންގަލްސް އިން ލޯ މެޑަލް ހޯދި ލައިބާ

50 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި ވާދަކޮށް، އުމުރުން 13 އަހަރުގައި ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ލޯ މެޑަލް ހޯދައިފި އެވެ.

ލައިބާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޤައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ސިންގަލްސް އިވެންޓުގެ ލޯ މެޑަލް ލިބުމަކީ ބޮޑު ފަޚުރެއް ކަމަށެވެ. މިއީ ޤައުމީ ފެންވަރުގެ މުބާރާތެއްގައި ހޯދުނު އެންމެ ބޮޑު ކާމިޔާބު ކަމަށް ލައިބާ ބުނެފައިވެ އެވެ.

އެ ޕޯސްޓުގައި ލައިބާ ބުނެފައި ވަނީ ނަބީހާ ޢަބްދުއް ރައްޒާގް އާއި ނަބާހާ ޢަބްދުއް ރައްޒާގްއާ އެކުގައި މުބާރާތުގެ ވަނައިގައި ހިމެނުމަކީ ވެސް ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އެ ދެ ކުޅުންތެރިންނާއެކު ކުޅެ، ތަޖުރިބާ ތަކެއް ހޯދިފައިވާ ކަމަށް ވެސް ލައިބާ ވަނީ ބުނެފައި އެވެ.

މިއަހަރުގެ ޤައުމީ މުބާރާތުގެ ޖޫނިއާ ބައިގައި ވާދަކޮށް ލައިބާ ވަނީ ތިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ 15 އަހަރުން ދަށުގެ ސިންގަލްސް، 15 އަހަރުން ދަށުގެ ޑަބަލްސް އަދި 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އެވެ.

ލައިބާ ވަނީ އޭނާގެ ކާމިޔާބީގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް