ލައިފްސްޓައިލް

ވިސިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރަކަށް ޔާސިރު އައްޔަން ކުރައްވައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ވިސިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރަކަށް ޔާސިރު އައްޔަން ކުރައްވައިފި

ވިސިޓް މޯލްޑިވްްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަން ކުރެއްވި ޔާސިރު

ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ޢަބްދުﷲ ޔާސިރު އައްޔަން ކުރައްވައިފި އެވެ.

ވިސިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވީ އިބްރާހީމް ޝިއުރީ އެވެ. ނަމަވެސް، ދާާދި ފަހުން ޝިއުރީ ވަނީ އެ މަޤާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭގެ ފަހުން އެ މަޤާމަށް އައްޔަން ކުރެއްވި ޔާސިރު އަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާއިފާ ބޭފުޅެކެވެ. ޔާސިރު ވަނީ މި ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވައިފަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ޔާސިރު ވަނީ އެކި އެކި މަޤާމުތައް ފުރުއްވައިފަ އެވެ. ޔާސިރު ތައުލީމު ހާސިލުކުރައްވާފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންހަމް އިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާ އޮފް އާޓްސް ހާސިލު ކުރެއްވި އެވެ. އަދި ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ބިޒްނަސް މެނޭޖްމަންޓް އިން ބެޗްލާ އޮފް އާޓްސް ހާސިލު ކުރައްވާފައިވެ އެވެ.

ވިސިޓް މޯލްޑިވްސް އަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމާ އެކު، ބައިނަލްއަޤުވާމީ ދުނިޔޭގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުންޏެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް