Article Top
ކުޅިވަރު •

ސާފްގެ ކޮމިޓީތަކަށް ކައްޕި، އަޒްމީން އަދި ހައްވާ ރަޝީދާ އިންތިހާބުކޮށްފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ސާފްގެ ކޮމިޓީތަކަށް ކައްޕި، އަޒްމީން އަދި ހައްވާ ރަޝީދާ އިންތިހާބުކޮށްފި

އަޒްމީން، ހައްވާ ރަޝީދާ، ކައްޕި

ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ (ސާފް) މުހިންމު ސްޓޭންޑިން ކޮމިޓީތަކުން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) ގެ އިސް ބޭފުޅުންތަކަކަށް ބޮޑު އިތުބާރެއްލިބި، އެ ކޮމިޓީތަކަށް އިންތިހާބުވެވަޑައިގެންފި އެވެ.

  • ޢަލީ އިބްރާހީމް (ކައްޕި): އެފްއޭއެމްގެ ނައިބު ރައީސް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ކައްޕި އިންތިހާބުވެވަޑައިގަތީ ސާފްގެ މުބާރާތްތަކާ ބެހޭ އެންމެ މުހިންމު ކޮމިޓީ ކަމަށްވާ ސާފް ކޮމްޕެޓިޝަން ކޮމިޓީގެ މެންބަރު ކަމަށެވެ. ކައްޕިއަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ސީނިއާ ވައިސް ޗެއާމަންވެސް މެއެވެ.

  • ޢަބްދުالله އަޒްމީން: އެފްއޭއެމްގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ކޮމިޓީގެ ޗެއާޕާސަން އަދި ކްލަބު ވެލެންސިއާގެ ޗެއާމަން އަޒްމީން އިންތިހާބުވީ ސާފް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ކޮމިޓީގެ މެންބަރު ކަމަށެވެ. ކުރީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އަދި ކޮމެންޓޭޓަރު އަޒްމީން އަކީ ފުޓުބޯޅަ ދިރާސާ ކުރައްވާ އަދި މި ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.

  • ހައްވާ ރަޝީދާ: އެފްއޭއެމްގެ އެކްސްކޯ މެންބަރު އަދި އަންހެން ފުޓުބޯޅަ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ހައްވާ ރަޝީދާ އިންތިހާބުވެވަޑައިގަތީ ސާފް ވިމަންސް އެޑް ހޮކް ކޮމިޓީގެ މެންބަރު ކަމަށެވެ.

ސާފްގެ އެހެން ކޮމިޓީތަކަށް ބަލައިލާއިރު، ހުސެއިން ޝިފާއު އަކީ ސާފްގެ އެގްޒެކެޓިވް ކޮމިޓީ މެމްބަރެކެވެ. މީގެ އިތުރުން ސާފްގެ އިންޑީޕެންޑެންޓް ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ޑިސިޕްލިނަރީ އެންޑް އެތިކްސް ކޮމިޓީ އާއި އިލެކްޓޯރަލް ކޮމިޓީގައި އިސްމާއިލް ސިމަން ހިމެނޭ އިރު، އެޕީލް ކޮމިޓީގައި ރާއްޖޭޣެ އަބްދުލް ހަމީދު އަބްދުލްޣަފޫރު ހިމެނެ އެވެ.

Advertisement
Article Inside

އެފްއޭއެމްގެ އާ އެކްސްކޯއިން އަންނަނީ ސަރަހައްދީ އަދި ދުނިޔޭގެ ފުޓްބޯޅަ އިދާރާތަކާއެކު އޮތް ގުޅުންތައް އަލުން ބަދަހިކޮށް، އިތުބާރު ހޯދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ.

ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑާޝިޕްގައި މާލީ މައްސަލަތަކާއި އެހެނިހެން ސަބަބުތަކާ ހުރެ ސާފާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވީ ނަމަވެސް، މިއަދު ފެންނަނީ ރާއްޖޭގެ ފުޓްބޯޅަ އަލުން ބައިނަލްއަގުވާމީ މައިދާނުގައި ފައިހަމަކުރަން ފަށާފައިވާ މަންޒަރެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް