ކުޅިވަރު

އޭޝިއަން ގޭމްސް 2026: ތަޖުރިބާކާރު ފިލިޕީންސުން ރާއްޖޭގެ އަންހެން ބީޗް ވޮލީ ޓީމުގެ މައްޗަށް ގަދަވެއްޖެ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

އޭޝިއަން ގޭމްސް 2026: ތަޖުރިބާކާރު ފިލިޕީންސުން ރާއްޖޭގެ އަންހެން ބީޗް ވޮލީ ޓީމުގެ މައްޗަށް ގަދަވެއްޖެ

އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ރާއްޖޭގެ އަންހެން ބީޗް ވޮލީ ބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ދިވެހި ޓީމުގެ މައްޗަށް ސީދާ ދެ ސެޓުން ފިލިޕީންސް ކުރިހޯދައިފި އެވެ.

ދިވެހިރާއްޖޭގެ އާމިނަތު އަރީޝާ އާއި ފާތުމަތު އަނާލް ޕެއާއާގެ މައްޗަށް ފިލިޕީންސްގެ ކައިލަމް ހާލްއަދި ސޯފިއާ ޝަނީންގެ ޕެއާ ކުރި ހޯދީ 21-06 އަދި 21-11 އިންނެވެ.

ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗް ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފިލިޕީންސްގެ ޕެއާ ފަސޭހައިން ކާމިޔާބު ކުރި ނަމަވެސް ދެވަނަ ސެޓުގައި ދިވެހިރާއްޖޭގެ ޕެއާ އިން ވަނީ ރަނގަޅުކުޅުމެއް ދައްކާފައިއެވެ.

ފިލިޕީންސަކީ އޭޝިއާ ސަރަހައްދުގައި ބބޯޗް ވޮލީ އިން ރޭންކިންގެ ގަދަ 10 ގައި ހިމެނޭ ގައުމެކެވެ. އިއްޔެގެ މެޗަށްފަހު ދިވެހި ޓީމުގެ އާމިނަތު އަރީޝާ ބުނިގޮތުގައި މިއީ މިހާތަނަށް ބީޗް ވޮލީގައި ވާދަކުރަންޖެހުނު އެންމެ މޮޅު ޕެއާކަމަށެވެ.

ރާއްޖޭގެ އަންހެން ޓީމު ހިމެނެނީ ޕްރިލިމިނަރީ ބުރުގެ ޕޫލް ޖީގަ އެވެ. މި ޕޫލްގައި ދެން ހިމެނެނީ ހޮންގް ކޮންގް އާއި މޮންގޯލިއާ އެވެ. ހޮންގް ކޮންގް ވަނީ ފުރަތަމަ މެޗުގައި މޮންގޯލިއާ ބަލިކޮށްފަ އެވެ.

ބީޗްވޮލީގެ ޕްރިލިމިނަރީ ބުރުގައި މިއަދު ރާއްޖޭގެ ފިރިހެން ޕެއާ ނުކުންނާނީ މުބާރާތް ބާއްވާ ގައުމު، ޖަޕާނާ ދެކޮޅަށެވެ. މެޗު އޮންނާނީ ރާއްޖެގަޑިން ހެނދުނު 10:00 ސެންޓަ ކޯޓުގަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް