Article Top
ކުޅިވަރު •

ފުރަތަމަ ފީފާ އާސިއާން ކަޕްގެ ތަށި އިންޑޮނޭޝިއާ ހޯދައިފި

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ފުރަތަމަ ފީފާ އާސިއާން ކަޕްގެ ތަށި އިންޑޮނޭޝިއާ ހޯދައިފި

އިންޑޮނޭޝިއާ ތަށި އުފުލާލަނީ -- ފޮޓޯ/ އަންތާރާ: ރިވާން އަވާލް ލިންގާ

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށްގެން ފީފާގެ ބެލުމުގެ ދަށުން އަލަށް ބޭއްވިފީފާ އާސިއާން ކަޕް 2026ގެ ފުރަތަމަ މުބާރާތުގެ ތަށި އިންޑޮނޭޝިއާ އުފުލާލައިފި އެވެ.

އިންޑޮނޭޝިއާގައި ކުރިއަށްދިޔަ މި މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފައިނަލްގައި ތައިލެންޑާ ވާދަކޮށް 2-2 އިން އެއްވަރު ވުމުން ކުރިހޯދީ ޕެނަލްޓީ ޖަހައިގެން 4-2 އިންނެވެ.

Advertisement
Article Inside

މި މުބާރާތް މިފަހަރު ހާއްސަވީ ދެކުނު އޭޝިއާގެ ސަރަހައްދަށް ލިބުނު ބޮޑު ފުރުސަތުގެ ސަބަބުންނެވެ. ސާފް ސަރަހައްދަށް ނިސްބަތްވާ ބަންގްލަދޭޝް އަދި ޕާކިސްތާން މި މުބާރާތުގައި ގެސްޓް ގައުމުތަކެއްގެ ގޮތުގައި ބައިވެރިވެ، ދެކުނު އިރުމަތީ އޭޝިއާގެ ވަރުގަދަ ބާރުތަކާ ދެކޮޅަށް ވަނީ ކުޅެފައެވެ.

ބަންގްލަދޭޝް ހިމެނުނީ ގްރޫޕް އޭގަ އެވެ. އެ ގްރޫޕުގައި މުބާރާތުގެ ޗެމްޕިއަން އިންޑޮނޭޝިއާގެ އިތުރުން މެލޭޝިއާ އަދި ސިންގަޕޫރާ ދެކޮޅަށް ބަންގްލަދޭޝް ވާދަކުރިއެވެ.

ޕާކިސްތާން ހިމެނުނީ ގްރޫޕް ބީގައެވެ. ޕާކިސްތާނުން ވަނީ ވިއެޓްނާމް، ތައިލެންޑް އަދި ފިލިޕީންސް ފަދަ އޭޝިއާގެ ފާހަގަކޮށްލެވޭ ޓީމުތަކާ ދެކޮޅަށް މެޗުތައް ކުޅެފައެވެ. އެ ޓީމު ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ފިލިޕީންސާ އެއްވަރު ކުރި އެވެ. ފަހު މެޗުގައި ވިއެޓްނާމާ ވާދަކޮށް ފަހު ވަގުތު ބަލިވީ 4-2 އިންނެވެ. މި މެޗުން ޕާކިސްތާން މޮޅުވި ނަމަ ތިންވަނަ ހޮވާ މެޗުން އެ ޓީމަށް ފުރުސަތު ލިބުިނީހެވެ.

ވިއެޓްނާމާ ވާދަކޮށް 1-0 އިން މޮޅުވެގެން ތިންވަނަ ހޯދީ މެލޭޝިއާ އެވެ.

މުބާރާޓުގެ ދެވަނަ ޑިވިޝަންގެ ގޮތުގައި ކުރިއަށް ދިޔަ ފީފާ އާސިއާން ޗެލެންޖް ކަޕްގެ ފައިނަލް ކުޅުނީ ހޮންގް ކޮންގާއި ކެމްބޯޑިއާ އެވެ. މި މެޗު 2-0 އިން ކާމިޔާބުކުރީ ހޮންގް ކޮންގް އެވެ.

މި މުބާރާތަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުން ފުރުސަތު ހޯދުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއްގެ ގޮތުގައި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ސިފަކުރެ އެވެ. ފީފާއިން އިންތިޒާމްކުރި މި މުބާރާތުގެ ސަބަބުން ދެކުނު އޭޝިއާ (ސާފް) އަދި ދެކުނު އިރުމަތީ އޭޝިއާ (އާސިއާން) ސަރަހައްދުގެ ފުޓްބޯޅައިގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް