ހުއްދަ ނެތި ބޭރު ފައިސާގެ ވިޔަފާރި ކުރާ ފަސް މީހަކާއި، ތަންތަން ބަލައި ފާސްކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތެއް ކުރާ މަންޒަރު
ހުއްދަ ނެތި ބޭންކިންގެ ޚިދުމަތް ދިނުމާއި، ބޭރު ފައިސާ ގަނެ ވިއްކުމުގެ މައްސަލައާ ގުޅިގެން ފަސް މީހަކާއި، ތަންތަން ބަލައި ފާސްކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ބުނެފައި ވަނީ، އެ އިދާރާގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭޝަލް އިންވެސްޓިގޭޝަން އިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޓާސްކް ފޯސް ބައިވެރިވެގެން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެއީ ހުއްދަ ނެތި ބޭންކިންގެ ޚިދުމަތް ދިނުމާއި، ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ އޮޕަރޭޝަންގައި ހަތަރު ބިދޭސީއަކާއި، ދިވެއްސެއްގެ އިތުރުން، ފިހާރައެއް އަދި ބިދޭސީއަކު ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން ވެސް ވަނީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ޤާނޫނާ ޚިލާފަށް އެކަމުގެ ވިޔަފާރި ކުރަމުން އަންނަ މައްސަލައިގައި ބިދޭސީން ތަކެއް ހައްޔަރު ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް