ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމަށް ވެސްޓްޕާކް ސަރަހައްދު ބަންދުކޮށްފި
މުހައްމަދު ސުއައިދު
ލިޔުންތެރިޔާ
މަގު ހެދުމަށް ބަންދުކުރާ ސަރަހައްދު --- ފޮޓޯ/ އެމްޓީސީސީ
ބޮޑު ތަކުރުފާނު މަގުގެ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ވެސްޓްޕާކް ކައިރިން ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދުކޮށްފިއެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީއިން ރޭ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަގުގެ މަސައްކަތް ކުރުމަށް ތައްޔާރީތައް ވުމަށް ރޭ ދަންވަރު 12:00 އިން ފެށިގެން ވެސްޓް ޕާކް ސަރަހައްދުގެ ބޮޑުތަކުރުފާނު މަގުގެ ބައެއް ބަންދު ކުރެވިފައިވާކަމަށެވެ.
އެހެންކަމުން އެ ވަގުތުން ފެށިގެން އެ ސަރަހައްދު ބޭނުންކުރާ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
މަގުގެ އެއްފަޅި ބަންދުކުރުމާ ގުޅިގެން މަގު ބޭނުންކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ. އަދި މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މަގު ބޭނުންކުރައްވާ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އެކި ސަރަހައްދުތަކުގައި ތާރުއެޅުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތައް ދަނީ ބާރަށް ކުރެވެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް