Article Top
ޚަބަރު •

މެލޭޝިޔާ އެކްސިޑެންޓުގައި ނިޔާވި ދަރިވަރުގެ ޖަނާޒާ މިއަދު ބާއްވަނީ

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މެލޭޝިޔާ އެކްސިޑެންޓުގައި ނިޔާވި ދަރިވަރުގެ ޖަނާޒާ މިއަދު ބާއްވަނީ

މެލޭޝިޔާގައި މިދިޔަ އާދީއްތަ ދުވަހު ހިނގި އެކްސިޑެންޓުގެ ތެރެއިން

މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓުގައި ނިޔާވި ދިވެހި ދަރިވަރުގެ ޖަނާޒާ މިއަދު ބާއްވަން ނިންމައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ހިނގި މި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ އާމިނާ އިމީލީ ނާޒިމް އެވެ. އައްޑޫ ހިތަދޫ އަށް ނިސްބަތްވާ މި ދަރިވަރު ނިޔާވީ، މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރު ކައިރީގައި ދެ ކާރު ޖެހިގެން ހިނގި އެކްސިޑެންޓެއްގައި އެވެ.

Advertisement
Article Inside

އާއިލާ އިން ހާމަކޮށްފައިވާ ގޮތުގައި އިމީލީގެ ކަށުނަމާދު އޮންނާނީ އަންގާރަ ދުވަހުގެ މަޣުރިބް ނަމާދަށް ފަހު އެވެ. އަދި ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސުބަންގް ޖާޔާގެ މޮސްކް އަލް އިސްޔާދު އެންޑް މުސްލިމް ސިމެޓްރީގައި އެވެ.

މި އެކްސިޑެންޓު ހިނގިއިރު، އިމީލީ އާއެކު ކާރުގައި އެހެން ދަރިވަރަކު ވެސް އިނެވެ. ނަމަވެސް، އެ ކުއްޖާ އަށް އަނިޔާއެއްވެފައި ނުވެ އެވެ. އެކްސިޑެންޓާ ގުޅިގެން މިހާތަނަށް ބެލި ބެލުމުގައި، ކާރު ދުއްވަން އިން މީހާ އިނީ، މަސްތުގެ ޙާލަތުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި މައްސަލައިގައި އެ މީހާ ވަނީ ހައްޔަރުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް