Article Top
ޚަބަރު •

ޓެމޫ އޯޑަރު ނުޖެހޭތީ ރައީސްގެ އަރިހަށް، ދެއްވީ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ޓެމޫ އޯޑަރު ނުޖެހޭތީ ރައީސްގެ އަރިހަށް، ދެއްވީ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން

ރައްޔިތުންގެ އަޑު ޕްރޮގްރާމްގައި އާންމު މީހެއްގެ ވާހަކަތައް ރައީސް މުޢިއްޒު އަޑު އައްސަވަނީ.

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ރައްޔިތުންނަށް ދިމާވަމުން އަންނަ ދަތިތައް ޙައްލު ކުރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ އަޑުގެ ނަމުގައި ގެނެސްދޭ ޕްރޮގްރާމްގައި އާންމުންގެ މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އޮންލައިންކޮށް މުދާ ގެނައުމުގއި ރައްޔިތުންނަށް ދިމާވާ ދަތިތައް ޤަބޫލުކުރައްވާ ކަމަށާއި، އެކަންކަން ޙައްލުކޮށްދެއްވާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

Advertisement
Article Inside

އެ ޕްރޮގްރާމްގައި ބައިވެރިވި އާންމު މީހާ ވަނީ އޮންލައިންކޮށް ނުވަތަ، ޓެމޫ އިން މުދާ ގެނައުމުގައި ރައްޔިތުންނަށް ދަތިތަކެއް ދިމާާވާކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައި އެވެ. އެއީ ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާ އޮތް ކަމެއް ކަމަށް އެ މީހާ ފާހަގަ ކުރި އެވެ. ނަމަވެސް އެ މީހާ ވަނީ، ޑޮލަރުގެ މައްސަލަ ޙައްލު ކުރުމަށް ރައީސް މުޢިއްޒު ކުރައްވަނީ ރަނގަޅު މަސައްކަތެއް ކަމަށް ބުނެފައި އެވެ.

ރާއްޖޭގައި އޮންލައިންކޮށް ނުވަތަ ޓެމޫ އިން ތަކެތި ގެންނަ މީހުން ވަރަށް ގިނައިރު، ޓެމޫ އިން މިހާރު ތަކެތި ގެނައުމުގައި ދަތިތަކެއް ދިމާވެ އެތައް ބައެއްގެ ކަންބޮޑުވުން އޮވެ އެވެ. ނަމަވެސް، ރައީސް މުޢިއްޒު ވަނީ އެކަންކަން ޙައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ. ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމާއެކު، ބޭރުގެ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެކަމުގެ ސަބަބުން ޑޮލަރުގެ ދަތިކަމެއް ވަގުތީ ގޮތުން ދިމާވި ނަމަވެސް، އެކަންކަން އާންމު ޙާލަތަކަށް ގެނެވޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ރައްޔިތުންގެ އަޑު ޕްރޮގްރާމްއަކީ އާންމު ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތަކާއި ޝަކުވާާ ސީދާ ރައީސްއާ ހިއްސާކުރުމަށް ގެނެސްދޭ ޕްރޮގްރާމް އެކެވެ. މި ޕްރޮގްރާމްގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާއިރު، ރައްޔިތުން ހިއްސާކުރާ ކަންކަން އަޑު އައްސަވައި، އެކަންކަން ޙައްލު ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް