ޚަބަރު

މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު ރާއްޖެ އަށް، ރަތް ދޫލައިގެ މަރުޙަބާއެއް

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު ރާއްޖެ އަށް، ރަތް ދޫލައިގެ މަރުޙަބާއެއް

ރައީސް ޑރ. މުއިއްޒު މެލޭޝިއާގެ ބޮޑު ވަޒީރަށް މަރުހަބާ ދަންނަވަނީ

މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު ރާއްޖެ އަށް، ރަތް ދޫލައިގެ މަރުހަބާއެއް

މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

މިރޭ އަންވަރު ރާއްޖެ ވަޑައިގެންނެވުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން އަންވަރު އަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ

މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު ރާއްޖެ ވަޑައިގެންފައިވާއިރު، އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމާާއި، ދެ ޤައުމުގެ ދެ މެދުގައި ބާއްވާ މަޝްވަރާތައް އަދި އެހެނިހެން ކަންކަން ކުރިއަށް ދާނީ އަންގާރަ ދުވަހު އެވެ.

މިއީ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅެކެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސް މުޢިއްޒު ވަނީ، ބޮޑު ވަޒީރު އަންވަރު އަށް މި ދައުވަތު ދެއްވައިފަ އެވެ.

މިރޭ ވަޑައިގެންފައި ވަނީ، ދެ ދުވަހުގެ ދަތުރުފުޅެއްގައި އެވެ.

އަންވަރުގެ މި ދަތުރުފުޅުގައި، ރައީސް މުޢިއްޒުއާ ބައްދަލު ކުރައްވައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ އެވެ. މި ވާހަކަފުޅުތަކުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރު ކުރުމުގެ އިތުރުން، އެކި ދާއިރާ ތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ.

މެލޭޝިއާގެ ނޫސްތައް ބުނާގޮތުން މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، ތަޢުލީމާއި، ސިއްހީ ދާއިރާގެ އިތުރުން ޑިޖިޓަލް އިންޓަގްރޭޝަންގެ ރޮނގުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންނެވެ.

މިއީ 2022 ވަނަ އަހަރު މެލޭޝިއާގެ ބޮޑު ވަޒީރުގެ މަޤާމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، އަންވަރު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަންވަރު ރާާއްޖެ ވަޑައިގެންނެވީ، އަވަށްޓެރި އިންޑިއާގައި ކުރިއަށް ދިޔަ ބްރިކްސް ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް