ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނި ކޮށްފި، މަޝްހޫރުވީ އަހަރުގެ ކައިވެނީގެ ގޮތުގައި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ކައިވެނި ކުރުމަށް ފަހު ރޮނާާލްޑޯ އާއި ޖޯޖީނާ ނަގާފައިވާ ފޮޓޯއެއް.
ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ކައިވެނި ކޮށްފި އެވެ.
އަންގާރަ ދުވަހު ރޮނާާލްޑޯ އާއި ޖޯޖީނާ ކައިވެނި ކޮށްފައިވާއިރު، ރޮނާލްޑޯ ވަނީ އޭނާގެ އިންސްޓަގްރާމްގައި އެކަން އިއުލާން ކޮށްފައި އެވެ، އެގޮތުން ރޮނާލްޑޯ އާއި ޖޯޖީނާގެ އަތުގައި އަޅާފައިވާ އަނގޮޓި ފެންނަ ފޮޓޯއެއް ހިއްސާ ކުރުމަށް ފަހު ރޮނާލްޑޯ ލިޔެފައި ވަނީ ސީ އަކުރު އަދި ޖީ އަކުރެވެ.
ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނި ކޮށްފައިވާއިރު، މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 10 އަހަރު ވެއްޖެ އެވެ. އެންމެ ފުރަތަަމަ ރޮނާލްޑޯ އާއި ޖޯޖީނާ ބައްދަލުވެފައި ވަނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ރޮނާލްޑޯ ކުޅެމުން ދިޔަ ދުވަސްވަރު އެވެ. އެ ދުވަސްވަރު ޖޯޖީނާ މަސައްކަތް ކުރަމުން ދިޔައީ މެޑްރިޑުގައި ހުންނަ ގޫޗީ ފިހާރައެއްގައި އެވެ.
އިންސްޓަގްރާމްގައި ރޮނާލްޑޯ ހިއްސާ ކޮށްފައިވާ ފޮޓޯ އަށް 26 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ލައިކު ދީފައި އެވެ. އަދި އެތައް ބަޔަކު އަންނަނީ ރޮނާލްޑޯ އާއި ޖޯޖީނާ އަށް މަރުހަބާ ކިޔަމުންނެވެ. މި ދެ މީހުން 10 އަހަރު ވަންދެން ލޯބީގެ ގޮތުން އުޅުމަށް ފަހު ކައިވެނި ކުރިއިރު، މި ދެ މީހުންނަށް ވަނީ ފަސް ދަރިން ލިބިފައި އެވެ.
ރޮނާލްޑޯގެ މި ކައިވެނި ޕޯޗުގަލްގެ މީޑިއާ ތަކުން ސިފަ ކޮށްފައި ވަނީ، މިއީ އަހަރުގެ ކައިވެނީގެ ގޮތުގައި އެވެ، ރޮނާލްޑޯ އާއި ޖޯޖީނާގެ ކައިވެނި ބާއްވާފައި ވަނީ ޕޯޗުގަލްގެ ވެރި ރަށް ލިޒްބަަންއާ ކައިރީގައި އޮންނަ ސަރަހައްދެއްގައި އެވެ. މިވަގުތު ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނަލްޑޯ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް