ޚަބަރު

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މީހަކު، ވެލާނާ އެއާޕޯޓް އިން ހައްޔަރުކޮށްފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މީހަކު، ވެލާނާ އެއާޕޯޓް އިން ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް ހަރަކާތްތެރިވާ މަންޒަރު

ރާއްޖެ އަައުމަށް ފަހު އޭނާގެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު، ހޮނިހިރު ދުވަހު ވެލާާނާ އިންޓަނޭޝަނަލް އެއާޕޯޓް އިން ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮމެއް އޮތް ކަމަށް ބުނުމުން ހައްޔަރުކޮށްފައި ވަނީ މިޞްރަށް ނިސްބަތްވާ، އުމުރުން 38 އަހަރުގެ ޕީޓާ ސަމާން މަރުކޫޒް ސަމާން ކިޔާ މީހެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާގެ ދައްތަގެ ދަބަސް ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ވަގުތު، އެ ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނުމުންނެވެ.

މި މައްސަލައިގައި އޭނާ އެއާޕޯޓް އިން ހައްޔަރު ކުރުމަށް ފަހު ވަނީ، ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައި އެވެ. ނަމަވެސް، ކޯޓުގައި އެކަމަށް މައާފަށް އެދެމުން އޭނާ ބުނީ، އެއީ ސަމާސާ އަކަށް، ނުވަތަ މަޖަލަކަށް ދެއްކި ވާހަކައެއް ކަމަށެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާ ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް