އޭޝިއަން ގޭމްސް 2026: ޓީޓީ ސިންގަލްސްގެ ދެވަނަ ބުރުގައި ރަފާ ބަލި ވެއްޖެ
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
ރަފާ -- ފޮޓޯ/ އެމްއޯސީ: މަހްފޫޒް
އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ޓޭބަލް އަންހެނުންގެ ސިންގަލްސްގެ ދެވަނަ ބުރުގައި ރަފާ ނާޒިމްގެ މައްޗަށް ތައިލެޑްގެ ކުޅުންތެރިޔާ ކުރި ހޯދައިފި
ރާއްޖޭގެ ރަފާ ދެވަނަ ބުރަށް ދިޔައީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެގެންނެވެ. ނަގޯޔާގެ ޓޮޔޯޓާ ސްކައި ހޯލްގައި އިއްޔެ ކުޅުނު ދެވަނަ ބުރުގެ މެޗު ތައިލެންޑްގެ އޮރަވަންޕަރަނަންގް ކާމިޔާބުކުރީ 0-4 އިންނެވެ. މެޗުގެ ސެޓްތައް ދިޔައީ 05-11، 08-11، 05-11، 06-11 އިންނެވެ.
މީގެ އިތުރުން އިއްޔެ ވަނީ ފިރިހެން ޓޭބަލް ޓެނިސް ޓީމުގެ ޑަބަލްސް ތިންވަނަ މެޗުން ދިވެހި ޓީމުގެ މައްޗަށް ހޮންގް ކޮންގުން ކުރިހޯދައިފަ އެވެ.
މެޗުގައި ދިވެހި ޓީމުގެ އަޚްޔަރް އަހުމަދު ހާލިދާއި މުހައްމަދު ހަލަފް ރާފިއުގެ ޕެއާ ވާދަކުރީ ހޮންގް ކޮންގްގެ ބަލްޑްވިން ޗަން އާއި ޗުން ޓިންްގް ވޮންގްގެ ޕެއާއާއެވެ.
މި މެޗު ހޮންގްކޮންގްގެ ޕެއާ ގެންދިޔައީ ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓްތައް ދިޔައީ 05-11، 05-11، 03-11 އިންނެވެ.
އިއްޔެގެ މެޗުތަކާއެކު 20 ވަނަ އޭޝިއަން ގޭމްސްގައި ދިވެހި ޓީޓީ ޓީމު ކުޅޭނެ ހުރިހާމެޗެއް ވަނީ ނިމިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް