އައްޑޫ ލިންކު ރޯޑު ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
އައްޑޫ ލިންކު ރޯޑު ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޒަމާނީ ފެންވަރަށް އައްޑޫގެ ލިންކު ރޯޑު ތަރައްޤީ ކުރުމުގެ މަސައްކަތް، ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑޮކްޓަރު ޢަބްދުﷲ މުއްޠަލިބު އެވެ. އަދި ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީޣެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގް އެވެ.
ހައުސިން މިނިސްޓްރީ އިން ބުނެފައި ވަނީ، އައްޑޫ ލިންކު ރޯޑު ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ސްކޯޕް އިން އެ މަސައްކަތް އުނިކުރުމަށް ފަހު ކަމަށެވެ. މީގެ ކުރިން އާރުޑީސީއާ ހަވާލު ކުރި ނަމަވެސް، ސަރުކާރުން ނިންމާފައި ވަނީ އާރުޑީސީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިކް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކުރުމަށް ފަހު، އާރުޑީސީ އުވާލުމަށެވެ.
ހައުސިން މިނިސްޓްރީ އިން މައުލޫމާތު ދީފައިވާ ގޮތުގައި ލިންކު ރޯޑު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން، ޑީއުޓާ ބްރިޖް އިން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކު ރޯޑު ހަތަރު ލޭނަށް ފުޅާކޮށް، 12.3 ކިލޯމީޓަރުގެ މަގު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް