Article Top
ކުޅިވަރު •

ގިނަ ބަޔަކު އިންތިޒާރުކުރި ފުޓްސަލް ނޮމިނޭޝަން؛ ޝާއްޕެ، އަންމަޑޭ، ރާއްކޮ، އިންމި، އަސޫ

އައިޝަތު ނަޖްމާ

ލިޔުންތެރިޔާ

ގިނަ ބަޔަކު އިންތިޒާރުކުރި ފުޓްސަލް ނޮމިނޭޝަން؛ ޝާއްޕެ، އަންމަޑޭ، ރާއްކޮ، އިންމި، އަސޫ

އެފްއޭއެމް އެވޯޑްސް 2026 ގައި، ރާއްޖޭގައި މުޅިން އަލަށް ފުޓްސަލް ކުޅުންތެރިންނަށް އެވޯޑް ދޭން ނިންމާފައި ވާއިރު އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިން އިއުލާން ކޮށްފި އެވެ.

ނޮމިނޭޝަން ލިސްޓުން ޖާގަ ހޯދި ފަސް ކުޅުންތެރިންނަކީ އަބްދުﷲ ޝާފިއު (ޝައްޕެ)، އަހުމަދު ހަމީދު (އަންމަޑޭ)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އަދި ގޯލްކީޕަރު ޒައިދާން އަހުމަދު (އަސޫ) އެވެ.

Advertisement
Article Inside

މި ފަސް ކުޅުންތެރިންނަކީ ވެސް މި އަހަރު ބޭއްވި އަލަތު ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކުޅުންތެރިންނެވެ. ފަސް ކުޅުންތެރިން ވެސް މުބާރާތުގައި ގޯލު ޖަހާފައި ވާއިރު، މުބާރާތުގައި އެންމެ ގިނަ ގޯލު ޖަހާފައި ވަނީ އިންމި އެވެ.

ރާއްޖޭގައި ފުޓްސަލްގެ މަގުބޫލުކަން ބޮޑު ވެފައި ވާއިރު، މިހާތަނަށް ފުޓްސަލް އިން ގައުމީ ފެންވަރުގެ އެވޯޑެއް އިންތިޒާމް ނުވެ އޮތުމުގެ ކަންބޮޑުވުން އޮތެވެ. އޭގެ އެންމެ ބޮޑު އުޒުރެއް ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރަމުން އައީ ރާއްޖޭގައި އެފްއޭއެމުން އިންތިޒާމް ކޮށްގެން ގައުމީ ފުޓްސަލް ލީގެއް ނެތުމެވެ. ނަމަވެސް މިދިޔަ އަހަރު އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެން އަހުމަދު ތޯރިގު (ޓޮމް) ވަނީ މި ސީޒަންގައި ގައުމީ ފުޓްސަލް ލީގު ސިސްޓަމެއް ތައާރަފް ކޮށް، ކުރިއަށް ގެންދަން ފަށައިފަ އެވެ.

މި ފަހަރުގެ އެވޯޑްސްގެ ނޮމިނޭޝަންތައް ކަނޑައަޅާފައިވަނީ ކުރީގެ ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) އިސްކޮށް ހުންނަވައި އެކުލަވާލި ހާއްސަ ކޮމިޓީއަކުންނެވެ. އެވޯޑްސް ނައިޓް އޮންނާނީ މާދަމާ ރެއެވެ.

މި އެވޯޑް ނައިޓްގައި ދިނުމަށް ހަމަޖެހިފައިވާ މުހިންމު އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ (ފިރިހެން އަދި އަންހެން)، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ، އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ، އެންމެ އުންމީދީ ކުޅުންތެރިޔާ، އެންމެ މޮޅު ގޯލްކީޕަރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ، އެންމެ މޮޅު ކޯޗު، އެންމެ މޮޅު ރެފްރީ، އެންމެ މޮޅު ކްލަބް، އެންމެ މޮޅު ރީޖަނަލް ކްލަބް އަދި ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑު ހިމެނެ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް