އޭޝިއަން ގޭމްސް 2026: ބީޗް ވޮލީގައި ޖަޕާނާ ވާދަކޮށް ރާއްޖޭގެ ޓީމު ބަލިވެއްޖެ
އައިޝަތު ނަޖްމާ
ލިޔުންތެރިޔާ
މިއަދު ކުޅުނު މެޗުގެތެރެއިން. -- ފޮޓޯ/ އެމްއޯސީ: އަހުމަދު އައްފާން
އޭޝިއަން ގޭމްސް އައިޗީ-ނަގޯޔާ 2026ގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމު ކުޅުނު ދެވަނަމެޗުން ދިވެހި ޓީމުގެ މައްޗަށް 2-0ގެ ނަތީޖާއަކުން ޖަޕާން ކުރި ހޯދައިފި އެވެ.
ރާއްޖޭގެ އެއް ނަމްބަރު ބީޗް ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއާގެ މައްޗަށް، މުބާރާތް ބާއްވާ ގަމުކަމަށްވާ ޖަޕާނުގެ ކޯޓާ ކުރޮސާވާ އަދި ތައިޓޯ މިޒުމާޗީގެ ޕެއާ ކުރިހޯދީ 21-15 އަދި 21-11 އިންނެވެ.
ނަގޯޔާގެ ހެކިނަން ރިޔޮކުޗީ ބީޗް ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ޕެއާ އިން ވަނީ ހަމަހަމަ ކުޅުމެއްދައްކާފައެވެ.
އޭޝިއަން ގޭމްސްގެ ބީޗް ވޮލީގެ އަންހެން ދެވަނަމެޗުގައި މާދަމަ ރާއްޖޭގެ އާމިނަތު އަރީޝާ އާއި ފާތުމަތު އަނާލްގެ ޕެއާ، ހޮންގް ކޮންގާ ދެކޮޅަށް ނުކުންނާނީ ރާއްޖެ ގަޑިން ފަތިހު 5:00 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް