ވިސިޓް މޯލްޑިވްސްގެ އެމްޑީގެ މަޤާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި
އަޙުމަދު ޝައިމަން
ލިޔުންތެރިޔާ
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން އިސްތިއުފާ ދެއްވި ޝިއުރީ
ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަޤާޟުގައި ހުންނެވި އިބްރާހީމް ޝިއުރީ އެ މަަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.
"ވީކަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަޤާމުން ޝިއުރީ އިސްތިއުފާ ދެއްވާފައި ވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި އެވެ. އިސްތިއުފާ ދެއްވުމަށް ފަހު ޝިއުރީ ވަނީ އެ ކޯޕަރޭޝަންގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި، މަޤާމުން އިސްތިއުފާ ދެއްވި ވާހަކަ ހިއްސާ ކުރައްވައިފަ އެވެ. ނަމަވެސް، މި މަޤާމުން ޝިއުރީ އިސްތިއުފާ ދެއްވި ސަބަބެއް ހާމަ ކުރައްވާފައި ނުވެ އެވެ.
ވިސިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ޝިއުރީ އައްޔަން ކުރައްވާފައި ވަނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ. މަޤާމުގައި ޝިއުރީ ހޭދަކުރެއްވި ދެ އަހަރަށް ވުރެ ގިނަ މުއްދަތުގައި އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރައްވައިފަ އެވެ. ޝިއުރީ އަކީ މާކެޓިންގެ ދާއިރާ އިން ޑިގްރީ ހާސިލު ކުރައްވާފައިވާ، އަދި ޕަބްލިކް ރިލޭޝަންސްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް