ލައިފްސްޓައިލް

ރައީސާ ބައްދަލު ކުރަން އިތުރު 8 ދާއިރާއަކަށް ފުރުސަތު ހުޅުވާލައިފި

އަޙުމަދު ޝައިމަން

ލިޔުންތެރިޔާ

ރައީސާ ބައްދަލު ކުރަން އިތުރު 8 ދާއިރާއަކަށް ފުރުސަތު ހުޅުވާލައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ރައީސް ބައެއް ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒާ ބައްދަލުކުރުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް، އިތުރު އަށް ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންނަށް ނަން ނޯޓުކުރުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނި ގޮތުގައި، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ހެންވޭރު އުތުރު ދާއިރާ، މިލަންދޫ ދާއިރާ، ވެލިދޫ ދާއިރާ، ތުޅާދޫ ދާއިރާ، ފެލިދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ އަދި ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ.

މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ނަން ނޯޓުކުރެވޭނީ އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ. ރައީސް އޮފީހުން ބުނީ އަންނަ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރަން ޖެހޭނެ ކަމަށެވެ.

rayyithungeadu.presidency.gov.mvRayyithunge Adu - The President's Office

"ރައްޔިތުންގެ އަޑު" އަކީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ބޭނުންވާ މީހުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުސަތު ދިނުމަށްޓަކައި ފަށާފައިވާ ސިލްސިލާއެއް ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް