ޚަބަރު

ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް އިންޑިއާއެކު މަސައްކަތް ކުރަން މަޝްރަވާކޮށްފި

މުހައްމަދު ސުއައިދު

ލިޔުންތެރިޔާ

ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް އިންޑިއާއެކު މަސައްކަތް ކުރަން މަޝްރަވާކޮށްފި

ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް މަޝްރަވާކުރުން --

ރާއްޖޭގެ ކަނޑޫފާ ރައްކާތެރިކޮށް އާލާކުރުމުގައި އަމަލީ ގޮތުން ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން އިންޑިއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ މޮންގޯލިއާގެ އުލާންބާތާގައި މިހާރު ކުރިއަށްދާ ޔޫއެންސީސީޑީ ކޮޕް-17 ސަމިޓުގެ ހަވާސާގައި، އެންވަޔަރަންމެންޓް އެންޑް އެނާޖީ މިނިސްޓަރު އަލީ ޝަރީފް، އިންޑިއާގެ ޔޫނިއަން ކެބިނެޓް މިނިސްޓާ ބުޕެންދާ ޔާދަވްއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އަލުން ކަށަވަރުކުރައްވައި، ތިމާވެށީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

އެގޮތުން، ގުދުރަތީ ނިޒާމުތައް އިއާދަކުރުމާއި، މޫސުމީ ބަދަލުތަކަށް ހޭނުމާއި، ސެޓެލައިޓް ޑޭޓާއާއި ޖައްވީ ޓެކްނޮލޮޖީގެ ބޭނުން ހިފުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، ރިމޯޓް ސެންސިން އަދި އާތު އޮބްޒަވޭޝަންގެ ދާއިރާއިން މިހާރުވެސް އޮތް ގުޅުން އިތުރަށް ފުޅާ ކުރުމަށާއި، ގޮނޑުދޮށާއި ކަނޑުގެ ދިރުންތަކުގެ ނިޒާމުތައް ބެލެހެއްޓުމާއި، ތިމާވެށި މޮނިޓާ ކުރުމުގެ ދާއިރާއިން ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ފަންނީ ގާބިލުކަން އިތުރު ކުރުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް